އަރޫޝާ، ނަން ނަގައިފި

aroosha.jpg

އޭދަފުށީ ކައުންސިލަށް ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވައި ބޮޑު އަޣުލަބިއްޔަތަކުން ޕްރައިމަރީ ކާމިޔާބު ކުރެއްވި އޭދަފުށީ ބާޒީވިލާ އަރޫޝާ އަބްދުލްގައްޔޫމް ކައުންސިލްށް ވާދަ ނުކުރަން ނިންމަވައި އޭނާގެ ނަން ނަގައިފިއެވެ.

އަރޫޝާ ބުނީ އޭނާ ނަން ނެގީ ސިވިލްސާވިސްގެ ވަޒީފާއެއް ހަމަޖެހުމުން ކަމަށެވެ.

“އެއްވެސް މައްސަލައެއް އޮވެގެން ނޫން ނަންނެގީ. އަޅުގަނޑާ ޕީޕީއެމް އާއި ދެމެދު އެއްވެސް މައްސަލައެއް ނެތް. އިންތިޚާބުން ވަކިވީ އަޅުގަނޑާ ގުޅޭ ސިވިލް ސާވިސްގެ މަގާމެއް ހަމަޖެހުމުން.” އަރޫ މައުލޫމާތު ދެއްވި އެވެ.

މިހާރުވެސް ތައުލީމީ ދާއިރާގައި އަމިއްލަ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ އަރޫޝާއަށް ވަޒީފާ ހަމަޖެހިފައިވަނީ ވެސް ތައުލީމީ ދާއިރާއިންނެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރި 308 ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވާ އިރު 120 ކެނޑިޑޭޓަކު އިންތިހާބަކާއި ނުލާ ވަނީ ހޮވިފައެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top