އީދު ބަންދާ ދިމާކޮށް އުސޫލާ ހިލާފަށް ދަތުރުކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ!

ކކޖ.jpg

އީދު ބަންދާ ދިމާކޮށް ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ވެކްސިން ފުރިހަމަ ނުކޮށް ދަތުރުކުރާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ރަށްރަށަށް ދަތުރުކުރާ އިރު އެ ރަށެއްގެ ކައުންސިލަށް އަންގަންޖެހޭނެ ކަމަށެވެ. އަދި އެފަރާތްތަކުން ދަތުރުކުރަނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށްތޯ ކައުންސިލުން ބަލައި ޔަގީންކުރަންޖެހޭނެ ކަމަށާއި އުސޫލާ ހިލާފަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރިކަން ހާމަވެއްޖެ ނަމަ އެމީހަކާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދަތުރުކުރުމަށް ދިން ލުޔާއެކު ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކަށް ދަތުރުކުރާ ނަމަ ކަރަންޓީނު ވާން ޖެހޭނެއެވެ.

ކޮވިޑް-19 ގެ ކޭސްތައް މަދުވުމާއެކު ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތައް އެޗްޕީއޭއިން ހުއްދަ ދީފައިވަނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު، ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

ދަތުރުކުރުމަށް ދިން ލުޔާއެކު ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކަށް ދަތުރުކުރާ ނަމަ ކަރަންޓީނު ވާން ޖެހޭނެއެވެ.

ކޮވިޑް ނެތް ރަށްރަށަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އަދި ބެލެނިވެރިންނާ އެކީ ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށްވެސް ކަރަންޓީނު ނުވެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވެނޭ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top