އޭދަފުށީގައި ހިންގާފައިވާ ކާފިއު އުވާލައިފި!

DSCN9842-ެެ.jpg

އޭދަފުށީގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ހިންގަމުން އައި ކާފިއު، މިއަދުން ފެށިގެން އުވާލައިފި އެވެ.

ކާފިއު އުވާލިކަން އެންގުމުގެ ގޮތުން އޭދަފުށީ ކައުންސިލުން މިއަދު އާއްމު ކުރި އިއުލާނެއްގައި ބުނަނީ ކޮވިޑްގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާގެ މަތިން ރައްޔިތުންނަށް ލުއިތަކެއް ދޭން ފެންނަ ކަމަށް އެޗްޕީއޭގެ ސަމާލު ކަމަށް ގެނައުމުން އެފަރާތުން ލުއިތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ރަށުގެ މަގުމައްޗާއި އާއްމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް އަންގާފައިވާ އެންގުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށް އިއުލާނުގައި ބުނެފަ އިވެއެވެ.

ކާފިއު އުވާލިނަމަވެސް އަދިވެސް ރަށް އޮތީ މޮނިޓަރިންގައި ކަމަށްވާތީ މިހާލަތުގައި އަމަލު ކުރަންޖެހޭ އުސޫލުތަކަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އޭދަފުށިން ކޯވިޑް ފެނި،ގެން ކާފިއު ހިންގަންފެށީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވައެވެ. އެދުވަހުން ފެށިގެން މި މަހުގެ ކުރީކޮޅާ ހަމައަށް ކާފިއު ހިންގާފައިވަނީ ހަވީރު 4:00 އިން ފަތިހު 4:00 އަށެވެ. އެއަށްފަހު ބަލިފެނުން މަދުވަމުން ދިއުމާއި ގުޅިގެން ކާފިއުގެ ވަގުތު މި މަސް ފެށުނުތަނާ 7 ގަޑިއިރަށް ކުޑަކުރިއެވެ. އެއަށްފަހު ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރު ވަމުންދާ ކަމަށް ބުނެ މިމަހުގެ 17 ވަނަ ދުވަހު ކާފިއުގެ ވަގުތު 12 ގަޑިއިރަށް އިތުރުކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top