ދަރަވަންދޫ ކޯޓުގެ މެޖިސްޓްރޭޓް ގެ މަގާމަށް ހަތަރު ބޭފުޅުން ކުރިމަތިލެއްވި

DSC_0796-1-800x481-800x481.jpg

ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓަކު ބޭނުންވެގެން ކުރެއްވި އިއުލާނާއި ގުޅިގެން އެކަމަށް ހަތަރު ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ދަރަވަންދޫ މެޖިސްޓްރޭޓް ހިމެނޭހެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހަތް ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން ބޭނުންވެގެން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ، މާލެ- ދަފްތަރު ނަންބަރު ރސ 1890 އަހުމަދު ނަޝީދު ހުސައިން ، ރ.މަޑުއްވަރީ ރުވާގުގޭ އިބްރާހީމް ނައީމް އާއި މާލެ- ދަފްތަރު ނަންބަރު ރސ.6158 މުހައްމަދު އަހުމަދުގެ އިތުރުން ކ.ކާށިދޫ ވިނަރެސް ސަބާހް މުހައްމަދުއެވެ.

އިސް މެޖިސްޓްރޭޓަކަށް އަސާސީ މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިވިން އެލެވަންސެއްގެ ގޮތުގައި 4،000 ރުފިޔާ އަދި ރިސްކް އެލެވަންސެއްގެ ގޮތުގައި 600 ރުފިޔާ ލިބޭނެއެވެ. ޖޭއެސްސީ އިން ބުނީ މެޖިސްޓްރޭޓަކަށް 18,850 ރުފިޔާ އަސާސީ މުސާރައިގެ ގޮތުގައި ލިބިގެން ދާނެ ކަމަށެވެ. ލިވިން އެލެވަންސެއްގެ ގޮތުގައި 4،000 ރުފިޔާ އަދި ރިސްކް އެލެވަންސެއްގެ ގޮތުގައި 600 ރުފިޔާ ލިބޭނެ ކަމަށް ވެސް ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top