އިންޓަނެޓްގެ އާ އަގުތައް އިއުލާނު ކޮށްފި

ticd8jEtaWZgRtAscekN6UzrVcjMJn7Wi0etFztE.jpeg

އިންޓަނެޓްގެ އާ އަގުތަކާއި އެކަމާ ގުޅިގެން ސަރުކާރުގެ ސިޔާސަތަށް ގެންނަ ބަދަލުތައް މިއަދު ހެނދުނު އިއުލާނު ކޮށްފި އެވެ.

“ނެޓްހެޔޮ” ގެ ނަމުގައި ސަރުކާރުން ގެނެސްދިން ބަދަލާއެކު ގޭގެއަށްދޭ ބްރޯޑްބޭންޑް އިންޓަނެޓުގެ ހެޔޮއަގު ލިބެން ފަށާނީ ޖުލައި މަހުން ފެށިގެންނެވެ. އަދި މޮބައިލް އިންޓަނެޓަށް އައި ބަދަލު އެޕްލައިވާނީ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

ސަރުކާރުން ގެނައި ބަދަލުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓަށް ސަރުކާރުން ހުށައަޅާފައިވާ އަގުތަކަކީ:

5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ

15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ

25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ

މި ސިޔާސަތުގެ ދަށުން ކަނޑައެޅިގެންދިޔަ އެންމެ މުހިންމު އެއް މިންގަނޑަކީ 1 ޖުލައި 2021 އިން ފެށިގެން ރާއްޖޭގެ ނެޝަނަލް ބްރޯޑްބޭންޑް ހިދުމަތުގެ ސްޕީޑް 2އެމްބީޕީއެސް އަށް ކަނޑައެޅުމެވެ. މިއާއެކު ރާއްޖޭގައި ވިއްކާ އެންމެ އަސާސީ އިންޓަނެޓު ޕެކޭޖް ތަކުގައިވެސް ތްރޮޓަލް ސްޕީޑް 2އެމްބީޕީއެސްއަށް ވުރެ ދަށްވެގެން ނުދާނެއެވެ.

އަދި 300 ރުފިޔާ އަށްވުރެ ބޮޑު އަގުގައި ވިއްކާ ފިކްސްޑް ބްރޯޑްބޭންޑް ގޭބިސީތަކުގެ ޕެކޭޖްތަކުގައިވެސް ތްރޮޓްލް ސްޕީޑް އެންމެ ދަށް ކުރެވޭނީ އެންމެ 5 އެމްބީޕީއެސް އާއި ހަމައަށެވެ. އެހެންކަމުން މި ބަދަލާއިއެކު ދެގުނައާއި ފަސްގުނައާއި ދެމެދުގެ އަދަދަކަށް ތްރޮޓަލް ސްޕީޑް މިހާރު މިވަނީ ދަށްކުރެވިފައެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ ގޭގެއަށް ދޭ އިންޓަނެޓް ޚިދުމަތުގެ އަގަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މަސް ހުސްވުމުގެ ކުރިން އިންޓަނެޓް ޕެކޭޖް ހުސްވުމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ނުފުއްދި ގިނަ ދުވަސްވާތީ ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top