ކުރީގެ މެންބަރުންގެ އިނާޔާތްތައް އުވާލަން އިސްލާހެއް

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކޮށްފައިވާ މެންބަރުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކާއި އިމްތިޔާޒުތައް ކަނޑާލަން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) މެންބަރު އަހުމަދު އުޝާމް މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

އުޝާމް ހުށައަޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާ އުނިކުރުމަށެވެ. މިދިޔަ ޖޫން މަހު އެ ގާނޫނަށް އުޝާން ހުށައެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ މާއްދާގައި ބުނަނީ މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެންބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެންބަރެއްގެ މުސާރައިގެ 30 ޕަސެންޓު ދައުލަތުން ދޭންޖެހޭނެ ކަމަށާއި ދެ ދައުރު ފުރިހަމަ ކޮށްފައިވާ މެންބަރަކަށް މުސާރައިގެ 45 ޕަސެންޓު ދޭންޖެހޭނެ ކަމަށެވެ.

މަޖިލިސް މެމްބަރުންނަށް އޮންނަފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދިނުމަށާއި އޮފިޝަލް ޕާސްޕޯޓު ވެސް ހަމަޖައްސައިދިނުމަށް ވެސް އެ ގާނޫނުގައި އޮވެއެވެ.

އުޝާމް ހުށައަޅުއްވާފައިވަނީ އެ އިނާޔަތްތައް އުނިކުރުމަށެވެ.

އެމްއެންޕީން ބުނީ ދައުލަތަށް ވިހިތިރީސް އަހަރުގެ ހިދުމަތް ކޮށްދީފައިވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ މީހަކަށް ދިނުން އިންސާފުވެރި ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top