އެހެން މީހެއްގެ ކޭޝް ކާޑަކުން ވައްކަން ކޮށްގެން ނަގާފައިވާ ފައިސާތަކެއް ހޯދައި ވެރިފަރާތާ ހަވާލު ކޮށްފި

bml.jpeg

ދަރަވަންދޫ މީހެއްގެ ކޭޝްކާޑު ވަގަށް ނަގައިގެން ގޮސް ނަގާފައިވާ ގިނަޢަދަދެއްގެ ފައިސާތަކެއް ހޯދާ އޭގެ ވެރިފަރާތާ ހަވާލު ކޮށްފިއެވެ.

އެކޭޝްކާޑް ބޭނުން ކޮށްގެން 13500 ދިވެހިރުފިޔާ ނަގާފައިވާކަމަށް ބުނެ އެމީހާވަނީ މި އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ 13:07 ހާއިރު ދަރަވަންދޫ ޕޮލިސް ޑެސްކަށް މައްސަލަ ހުށަހަޅާފައެވެ.

ފުހުން ބުނީ މި މައްސަލަ ހުށައެޅުމާއެކު 4 ގަޑިއިރުގެ ތެރޭގައި އެފައިސާ ހޯދާ އޭގެ ވެރިފަރާތާ ޙަވާލުކޮށްފައި ކަމަށެވެ.

މި މައްސަލަ މިހާރު އަންނަނީ އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ކޭޝް ކާޑު ބޭނުން ކޮށްގެން އޮޅުވާލައިގެން މީސްމީހުންގެ އެކައުންޓުން ފައިސާ ނެގުން އިތުރު ވެފައިވާތީ އެކަމަށް ހޭލުންތެރި ވުމަށް ބީއެމްއެލްގެ އިތުރުން ފުލުހުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top