ރަށްރަށުގައި ސްޕާ ހިންގަން ކައުންސިލުތަކަށް ހުއްދަ ދެވޭނެ

Vithos_Spa-Massage-Room-4a.jpeg

ރާއްޖެ ތެރޭގައި ސްޕާތައް ހިންގަން ކައުންސިލްތަކަށް ހުއްދަ ދެވޭ ގޮތަށް ކަނޑައަޅައި ސްޕާތައް ހިންގުމުގެ ގަވައިދު  އިސްލާހު ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެގަވައިދުގައި މިހާރު ވާގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ސިޓީ ހޮޓެލާއި ގެސްޓް ހައުސްތަކުގައި ހިންގާ ސްޕާތައް ފިޔަވައި، ރަށްރަށުގައި ސްޕާ ހިންގަން ހުއްދަ ދޭނީ އެ ރަށެއްގެ ކައުންސިލަކުންނެވެ.

ގަވައިދުގައި ސްޕާތަކުގައި ހުންނަން ޖެހޭނެ މިންގަނޑުތައް ފުރިހަމަވެފައިވޭތޯ ބެލުމަށް އިކޮނޮމިކް މިނިސްޓްރީ އިން ކަނޑައަޅާ ފަރާތަކުން، ސްޕާތަކުގެ އިންސްޕެކްޝަން ކުރިއަށް ގެންދާ ގޮތަށް އިންސްޕެކްޝަންފީ 1000ރ. އިން 2،000ރ. އަށް ބޮޑުކޮށްފައިވެ އެވެ.

ކުރިން ގަވާއިދުގައިވާ ގޮތުން ރިސޯޓް ނުވަތަ ގެސްޓްހައުސް ސްޕާތައް މޮނިޓާ ކުރާނީ ޓޫރިޒަމުންނެވެ. އެކަމަކު މިހާރު އެ ގެނައި ބަދަލާއެކު އެ ތަންތަން ވެސް މޮނިޓާކުރާނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

އެ ގަވާއިދުގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހެޅޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށ،ް ބިޒްނަސް އެކްޓިވިޓީ ރެޖިސްޓްރޭޝަންގެ ދަށުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top