ކޮވިޑް-19: އޭދަފުށީގެ އަދަދުތައް ދަށަށްގޮސް ކުއްލިއަކަށް މައްޗަށް

DSCN9842-ެެ.jpg

އޭދަފުށީގައި ކޮވިޑަށް ޕޮޒިޓިވް ވާ މިހުންގެ އަދަދުތައް ދަށްވަމުން އައިސް އިއްޔެ އަނެއްކާވެސް ޕޮޒިޓިވް މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.

މިދިޔަ އެޕްރީލް މަހުގެ 19ވަނަ ދުވަހު ފެނުނު ކޮވިޑް 19ގެ ޕޮޒިޓިވް ކޭސް އަކާއެކު ރަށް މޮނިޓަރިން އަށް ލާފައިވިޔަސް އޭގެފަހުން ދުވާލަކު ބަލި ޖެހޭ ނިސްބަތް އިތުރު ވަމުން އައިސް މި ހިނގާ މޭމަހު ވަނީ އަދަދުތައް ތިރިއަށް ދާން ފަށާފައެވެ. އެންމެ ފަހުން މި ހަފްތާ ގެ އާދިއްތައާއި ހޯމަ ދުވަހަކީ ކޮވިޑް ބަލީގެ މީހަކު ނުފެންނަ ދެދުވަހެވެ.

އެކަމަކު އިއްޔެ އަނެއްކާވެސް މިވަނީ އިތުރު 12 މީހުންކޮވިޑަށް ޕޮޒިޓިވް ވެ ރައްޔިތުން ހާސްކޮށްލުވާފައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން އާއްމު ކުރި ތަފާސްހިސާބުގައި ވާގޮތުން ރޭ އަލަށް ފެނުނު 12 ކޭސް އަކީ ކައިރިން ބައްދަލު ވެފައިވާ މީހުންނެވެ. މިއާއެކު މިހާރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 274 އެވެ. އޭގެ ތެރެއިން 217 މީހަކު ރަނގަޅުވެ، މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 57 އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެނީ 4 މީހަކަށެވެ.

އާދިއްތަ ދުވަހު އޭދަފުށިން ރެންޑަމް ކޮށް ނެގި 101 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން އެކަކުވެސް ބައްޔަށް ޕޮޒިޓިވް ނުވުމަކީ ހިތްހަމަ ޖެހުމެކެވެ.

މިދިޔަ މަހުގެ 19ގައި އޭދަފުށިން ކޮވިޑް ފެނުމާ ގުޅިގެން އަދިވެސް އޭދަފުށި އޮތީ މޮނިޓަރިންގ ހާލަތުގައެވެ. އޭގެ އިތުރުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ވަކި ގަޑިތަކެއްގައި ބޭރުގައިއުޅުން މަނާކޮށް ކާފިއު ހިންގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top