ކޮވިޑް-19: ލަންކާގައި އަޅާފައިވާ ފިޔަވަޅުތައް ޖޫން 7އާއި ހަމައަށް އިތުރު ކޮށްފި

58669662_2726994957370892_8561620213374648320_n.jpg

ލަންކާގެ އެމްސީ ހުންނަ ސަރަހައްދު - ފޮޓޯ : ވަގުތު

ރާއްޖެއާއި އަވައްޓެރި ސްރީލަންކާގައި ކޮވިޑްއާއި ގުޅިގެން އަޅާފައިވާ ދަތުރުފަތުރު ކުރުމުގެ ފިޔަވަޅުތައް އަންނަ ޖޫން މަހުގެ 7 އާ ހަމައަށް އިތުރު ކޮށްފިއެވެ.

އާމީ ކޮމާންޑާ ޖެނެރަލް ސަވެންދުރާ ސިލްވާ އެކަން އިއުލާން ކުރައްވަމުން ވިދާޅުވީ އެއްވެސް މީހަކަށް އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި، ބޭރަށް ނުކުންނަ މީހަކުވެސް ބޭނުންވާ ވަރަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ގަނެގެން އަވަހަށް ގެއަށް ވަންނަން ޖެހޭނެ ކަމަށެވެ.

ލަންކާގެ ބައެއް މަސްދަރުތަކުން ހާމަކުރާ ގޮތުގައި ލަންކާގެ އެތެރޭގެ ދަތުރުފަތުރު މަނާ ކުރި ކަމަށް ވިޔަސް ބޭސް ގަތުމަށް ބޭސް ފިހާރަތަކަށް ދިއުން މީގެތެރެއިން އިސްތިސްނާ ވާނެއެވެ.

ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް މިމަހުގެ 31 ވާ ހޯމަ ދުވަހާއި އަންނަ މަހުގެ 4 ވާ ހުކުރު ދުވަހު ކޮންމެ ގެއަކުން އެކަކަށް ބޭރަށް ދިއުމުގެ ހުއްދަ ދޭނެ ކަމަށާ އެ ހުއްދަ އަކީ ގެއަށް ބޭނުންވާ އަސާސީ ސާމާނު ގަތުމަށް ބޭރަށް ދާން ދޭން ހުއްދައެއް ކަމަށް ޚަބަރު ތައް ބުނެއެވެ.

ކޮވިޑްގެ އާ ވޭރިއަންޓް އާއެކު ލަންކާގެ ހުރިހާ ސަރަހައްދެއްގައި ހަލުވިކަމާއެކު ކޮވިޑް ދަނީ ފެތުރެމުންނެވެ. ހުސްވި މަހު އެކަނިވެސް 50،000 މީހުން ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް 1210 މީހަކުވަނީ މި ބަލިމަޑުކަމުގައި މަރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top