އަމީތާބް އާއި އެކު އާއިލާގެ ބަޔަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ.

f97edd2617814197b7c0fdc1eceac1a6_18.jpg

އަމީތާބް އަދި އަބީޝެކް ބައްޗަން

ބޮލީވުޑްގެ މެގަސްޓާ، އަމީތާބް ބައްޗަން އާއި އާއިލާގައި ހިމެނޭ އޭނާގެ ދަރިފުޅު އަބީޝެކް އާއި އަބީޝެކްގެ އަންހެނުން އަދި މިސްވޯލްޑް އައިޝްވާރްޔާ އާއި ކާފަ ދަރިފުޅު އާރްޔާ ބައްޗަންވެސް ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަމީތާބް ކޮވިޑަށް ޕޮޒިޓިވްކަން ހާމަކުރީ އޭނާ ކުރި ޓުވީޓެެއްގައެވެ.

ޢުމުރުން މިހާރު 77 އަހަރު ވެފައިވާ އަމީތާބް ގެ ޓްވީޓްގައި ބުނެފައިވަނީ، ކޯވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެނދުމަތި ވެއްޖެ ކަމަށާއި، އެއާއެކު އާއިލާގެ މެމްބަރުންނާއި، އޭނާގެ މުވައްޒަފުން ކޯވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. އިންތިޒާރު ކުރަމުންދަނީ ނަތީޖާއަށް ކަމަށެވެ.

އަމީތާބް އާއި އަބީޝެކް އެޑްމިޓް ކޮށްފައިވަނީ މުމްބާއީ ގެ ނާނާވަތީ ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑުގައެވެ.

އަބީޝެކް ވެސް ބުނެފައިވަނީ އޭނާ ހޮސްޕިޓުގައި އެޑްމިޓް ކޮށްފި ކަމަށާއި، ބައްޕައާ ދެބަފައިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެންމެންވެސް ޕެނިކް ނުވެ ކެތްތެރިކަމާއެކު ތިބުމަށް އެދޭ ކަމަށެވެ.

މި ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވިޔަސް އަމީތާބްގެ އަންހެނުން ޖަޔާ ބަޗަން އަދި އަންހެން ދަރިފުޅު ޝްވެތާ ބަޗަން ނަންދާ، އާގަސްޓްޔާ ބަޗަން އަދި ނަންދާ ނަންދާ ނަވޭލީ ވަނީ ކޮވިޑް ޓެސްޓުން ނެގެޓިވް ވެފައެވެ.

އިންޑިއާގެ ގިނަ ބައެއްގެ މަގްބޫލު ކަން އެންމެ ބޮޑަށް ހޯދާފައިވާ ބައްޗަން އާއިލާއަށް މި ވަގުތު ކުރިމަތިވެފައިވާ ހިތާމައިގާ ގިނަ ބަޔަކު ދަނީ ބައިވެރިވެ ހެޔޮ ދުއާ ފޮނުވަމުންނެވެ.

އަމީތާބް އެންމެ ފަހުން ފެނިފައިވަނީ، އައުޝްމަން ކުރާނާއާއެކު ޝޫޖިތު ސިރުކާރުގެ ފިލްމު ގުލާބޯ ސިތާބޯ އިންނެވެ. މިވަގުތު އަމީތާބު މަސައްކަތް ކުރަމުންދަނީ ކޯން ބަނޭގާ ކްރޯޑްޕަތީގެ 12 ވަނަ އެޑިޝަނުގައެވެ. އަމީތާބުގެ ކުރިއަށް އަންނަންހުރި ފިލްމު ތަކުގެ ތެރޭގައި ޗެހެރާ، ބްރަހަމަސްތުރާ އަދި ޖުންދު ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top