ފުޅަދޫ ކައުންސިލުގެ އެސްޖީގެ މަގާމަށް ކުރިމަތިލާނެ މީހަކުނުވި

ފުލހަދހޮޮ.jpg

ބ.ފުޅަދޫ --އީވީ ފޮޓޯ

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން ބޭނުންވެގެން އިއުލާނު ކުރި މުއްދަތު ހަމަވިއިރު އެކަމަށް އެއްވެސް މީހަކު ކުރިމަތި ލާފައިނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ފުޅަދުއާއެކު ޖުމްލަ 23 ރަށެއްގެ ކައުންސިލުގެ އެސްޖީގެ މަގާމަށް ކުރިމަތި ލާފައިނުވާތީ ސީއެސްސީ އިން ބުނީ އެ ރަށްރަށަށް އެސްޖީން ހޯދުމަށް މި މަހު އަލުން އިއުލާނު ކުރާނެކަމަށެވެ.

މި މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އިމްތިހާނު ކުރިއަށް ގެންގޮސް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ އިންޓަވިއު ކުރުމުގެ މަރުހަލާ އެވެ. އަދި އޭގެ ތެރެއިން އެންމެ ގާބިލު މީހަކު ހޮވުމަށްފަހު އެ ނަންތައް ސީއެސްސީން ކައުންސިލްތަކާ ހިއްސާ ކުރާނެ އެވެ.

މިމަގާމުތަކުގެ މުސާރައަށް ބަލާއިރު ސިޓީ ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލަކަށް މުސާރައާއި އިނާޔަތްތަކާ އެކު މަހަކު 35500 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލް ޖެނެރަލްގެ މުސާރައަށް އިނާޔަތްތަކާ އެކު 21000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލް ޖެނެރަލުންގެ މުސާރާއަށް އިނާޔަތްތަކާ އެކު 16100 ރުފިޔާ މަހަކު ލިބޭނެ ކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ބުނެއެވެ.

ކައުންސިލްތަކަށް އެސްޖީން އައްޔަނު ކުރާނީ ކައުންސިލްތަކުގެ ލަފަޔާ އެކުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top