ތުޅާދޫން ދޫކުރާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ

ތުޅާދޫ.jpg

ތުޅާދޫ

ސަރުކާރުގެ “އެންމެންނަށް ބޯހިޔާވަހިކަން” ސިޔާސަތުގެ ދަށުން، ބ. ތުޅާދޫން ދޫކުރާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިރެއަށް ހަމަވާނެ ކަަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލުމަށްފަހު، އިތުރު ފުރުސަތެއްވެސް ދިނުމަށް ފަހު މިރޭ 23:59 އަށް މި ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ތުޅާދޫން 100 ހައުސިން ޔުނިޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.

އެ ވުޒާރާއިން ވިދާޅުވިގޮތުގައި ހައުސިންގ ޔުނިޓަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އެ ވުޒާރާގެ “ހިޔާވަހި ޕޯޓަލް” މެދުވެރިކޮށެވެ.

މި މަޝްރޫއަކީ ރަށްރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top