އެސްޓީއޯ އޭދަފުށީ ފިހާރައިން ފިޔާ އަލުވި ބިސް ވިއްކަންފަށައިފި

medium_103379.jpg

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޝާން މައުލޫމަތު ދެއްވަނީ

ރޯދަމަހަށް ޚާއްސަކޮށްގެން އެސްޓީއޯއަށް ގެނެސްފައިވާ ފިޔާ އަލުވި ބިސް  އޭދަފުށީގައި ހުންނަ  އެސްޓީއޯ ފިހާރައިން ވިއްކަން ފަށައިފިއެވެ.

މިއަދު ވިއްކަން ފެށި މި ތިން ބާވަތް ވެސް ވިއްކަމުން ގެންދަނީ ލިމިޓެއްނެތިއެވެ. އެގޮތުން ފިޔާ ބަސްތާއެއް ވިއްކަމުން ގެންދަނީ 160ރ.އަށެވެ. އަލުވި ބަސްތާއެއްގެ އަގަކީ 250ރ. އެވެ. އަދި ބިސް ކޭހެއްގެ އަގަކީ 275ރު. އެވެ.

މި ތިން ބާވަތުގެ އިތުރުން ރޯދަމަހަށް ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައިހިމެނޭ  ކޯން އޮއިލް އާއި ގެރިކިރު އަދި ސަންފްލާވަރ އޮއިލް ވެސް އެސްޓީއޯ އިން ވަނީ ރާއްޖެ އެތެރެކޮށް ވިއްކަން ފަށާފައެވެ.

މިއަދު އެސްޓީއޯ ސުޕަރމާކެޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ކުންފުނީގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތުމަތު އާޝާން ވިދާޅުވީ ކުރީއަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހާ ދިމާކޮށް ފިޔާ އަލުވި ބިހުގެ ޝިޕްމަންޓެއް ރާއްޖެ ގެނެސް މިހާރު ވިއްކަން ފަށާފައިވާކަމުގައެވެ.

އާޝާން ވިދާޅުވީ ތަކެތި ވިއްކާ އަގު ކަނޑައެޅީ މިހާރު ބާޒާރުގައި މި ބާވަތްތައް ލިބެން ހުރި އަގުތަކަށް ބަލައިގެން ކަމުގައެވެ.. މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަން ފާހަގަކުރައްވާ އާޝާން ވިދާޅުވީ ރޯދަ މަހަށް އެތެރެކުރި ބައެއް ބާވަތްތަކުގެ އަގަށް ބަދަލު އަތުވެދާނެ ކަމަށާއި ނަމަވެސް އާންމުންނަށް ގަންނަން އެކަށީގެންވާ އަގެއްގައި ތަކެތި ވިއްކަން މަސައްކަތް ކުރާނެ ކަމުގައެވެ.

ރޯދައަށް ހާއްސަކޮށް ރާއްޖެ އެތެރެކުރި ބާވަތްތައް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގެ 13 ތަނަކުން ލިބޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސާފައިވާ ކަމަށްވެސް އާޝާން ވިދާޅުވިއެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top