ފޭލި ޖަމިއްޔާއިން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

eb2491e3f9da8f09afc68bc845741034.jpg

 ކޮންމެ އަހަރަކު ރަމަޟާން މަހު ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ ) އިން  އޭދަފުށީގައި ބާއްވަމުން އަންނަ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ރަމަޟާން މަހުގެ ފަހުކޮޅު ބޭއްވުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މި މިމަހުގެ 31 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު ތުތިޔަ ޤުރުއާން ކްލާހަށް ނުވަތަ ދާރުލް ފުރުޤާން ޤުރުއާން ކްލާސް ނުވަތަ ނިޔަމި ޓްރޭޑްއަށް ފޮނުއްވުމަށާއި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު މިތަންތަނުން ލިބެން ހުންނާނެކަމުގައި ފޭލިން ބުނެއެވެ.

2002 ވަނައަހަރުން ފެށިގެން ފޭލި ޖަމިއްޔާއިން އަންނަނީ ކޮންމެ ރޯދަމަހަކު މި މުބާރާތް ބާއްވަމުންނެވެ.  މި މުބާރާތަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އާދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top