އަމްރީތާރާއޮ ކައިވެނިކޮށްފި

IndiaTv50e52f_AmritaMarriage.jpg

ހިންދީ ފިލްމް “އިޝްގް ވިޝްގް” އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އަމްރީތާރާއޯ އާއި ޓީވީއާއި ރޭޑިއޯގެ ޕްރޮގްރާމްތައް ހުށަހަޅައިދޭ ޑީޖޭ އަންމޯލް އިއްޔެ ކައިވެނި ކޮށްފިއެވެ. ހަތްއަހަރު ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކޮށްގެން އަންމޯލް އޭނާގެ  ފޭސްބުކްގައި މިވާހަކަ ލިޔަމުން ބުނެފައިވަނީ ހަތް އަހަރުގެ ގުޅުން ކުރިއަށް ދާކަމަށާއި ކައިވެނި ކުރުމުން ގުޅުން އިތުރަށް ވަރުގަދަވީ ކަމުގައެވެ.

އުމުރުން 34 އަހަރުގެ އަމްރީތާ ރާއޯ ފިލްމީ ހަޔާތް ފަށާފައިވަނީ ‘އިޝްގު ވިޝްގު’ންނެވެ. އޭގެ ފަހުން މައިހޫންނާ” އާއި “ވީވާ” އަދި “ދަ ލެޖެންޑް އޮފް ބަގަތުސިންގ” އަކީ އޭނާގެ ފިލްމީ ކެރިއަރގައި އެންމެ ބޮޑަށް ވިދާލި ތިން ފިލްމެވެ.

އަމްރީތާގެ ކައިވެނީގެ ޚަބަރު ކުއްލިއަކަށްމީޑިއާގެ ސަމާލުކަމަށް އައީ އަމްރީތާގެ ޚަބަރެއް ނުވެ ދުވަސްތަކެއް ވެދިއުމަށް ފަހުއެވެ. ބޮލީވުޑް ލައިފް ގައި މިކަމާބެހޭ ގޮތުން ބުނެފައިވަނީ އަމްރީތާ އަކީ އޭނާގެ އަމިއްލަދިރިއުޅުން ވަރަށް އަމިއްލަ ގޮތެއްގައި މީޑިއާ އާ ދުރުގައި ގެންގުޅެން ބޭނުންވާތީ އަމްރީތާގެ ޚަބަރުތައް ރިޕޯތަރުންނާހަމައަސް ތިލް ނުވަނީ ކަމުގައެވެ. ހަތް އަހަރުދުވަސްވަންދެން އަންމޯލްއާއި ރައްޓެިވެގެން އުޅޭކަން މީޑިއާއަށް ނޭގިފައިއޮތީ މިހެންވީމައެވެ.

އަމްރީތާއާއި އަންމޯލްގެ ކައިވެނި ކޮށްފައިވަނީ ހަމަ ކުއްލި އަކަށް ކަމަށް ވާއިރު ކައިވެނީގެ  ރަސްމިއްޔާތު ބާއްވާފައިވަނީވެސް ހަމައެކަނި އާއިލީ މީހުންނާއެކު މަދު ރައްޓެހިންކޮޅެއްގެ ހާޒިރުގައެވެ.އެހެންނަމަވެސް ތަންކޮޅެއްފަހުން ބޮޑު ރަސްމިއްޔާތަކާއެކު ބޮޑު ޕާޓީއެއް ބާއްވާނެކަމުގައި އަމްރީތާ ބުނެއެވެ.

އަމްރީތާ މިހާރު ހަރަކާތްތެރިވަމުން ދަނީ ޓީވީ ޝޯއެއްކަމުގައިވާ  “މެރީ އާވާޒްހީ ޕަހެޗާން ހޭ” ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top