މޫސުން ވަރަށް ގޯސްވެއްޖެ. ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް!

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

މޫސުން ވަރަށް ގޯސްވެ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ބޮޑު ސަރަހައްދަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރުނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިރޭ 8:30 އިން ފެށިގެން މެންދަމުން އަލިވެ 12:30 އާ ހަމައަށެވެ. އެލާޓުގެ ވަގުތު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ އަސަރުތައް އާއްމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކާށް ފަށާ، އޭގެ ފަހުން މި މޫސުގެ އަސަރު މެދު ރާއްޖެ ތެރެއަށް ފޯރާނެ ކަމަށެވެ. އަދި މެއި މަސް ނިމުމުގެ ކުރިން މުޅިން ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން މިއަދު އާންމުކުރި ކުރި މައުލޫމާތުގައިވާ ގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

މި ދެ ދުވަހު ވެސް މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅު ތަކަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ވާރޭ ވެހި ފެންބޮޑުވެގެން ލިބިދާނެ ގެއްލުންތައް ކުޑަކުރަން މަސައްކަތްކުރަން އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top