އައިލެންޑް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހިތާދޫއިން ހޯދައިފި

13226819_612190602282386_1039899923158117454_n.jpg

0-1ން އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ބަލިކުރުމަށްފަހު ހިތާދޫ އައިލެންޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދުގެ މެޗްގައި ދެޓީމުން ދާދި އެއްވަރެއްގެ ކުޅުމެއް ފެނިގެން ދިޔަކަމުގައި ވިޔަސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދާފައިވަނީ ހިތާދޫ ޓީމުންނެވެ.

ނަތީޖާއަކަށްވީ މެޗްގެ 28 ވަނަ މިނިޓްގައި ހިތާދޫ ޓީމްގެ އަލީ ހައިޝަމް ތިމަރަފުށީގެ ފޯވާޑުން ކަޓުވާލުމަށްފަހު ލަނޑެއް ޖަހައިދީ ޓީމްގެ ކުޅުންތެރިންގެ ހިތްވަރު އާ ކޮށްދިނުމެވެ.

މި ލަނޑަށްފަހު ތިމަރަފުށި ކުޅުންތެރިންވެސް ލަނޑެއް ޖެހޭތޯ ހިތާދޫ ޓީމްގެ ގޯލަށް ނުރައްކާ ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ހިތާދޫ ޓީމުގެ ކީޕަރުގެ ހުޝިޔާރުކަމާއި ހަމަލާތައް ދިފާއު ކުރުމުގައި ކުރިއަށް ޖެހިލާފައި ހުރިވަރުން ތިމަރަފުށީ ކުޅުން ތެރިންނަކަށް ހިތާދޫ ޓީމްގެ ގޯލް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

ހިތާދޫ ޓީމް މި މުބާރާތް ކާމިޔާބު ކުރުމާއި ގުޅިގެން އެޓީމަށް ވަނީ ބައި ލައްލަރުފިޔާގެ ފައިސާގެ އިނާމު ލިބިފައެވެ. މީގެ އިތުރުން ގިނަ ވަނަތަކެއްވެސް ހާސިލް ކޮށްފައެވެ.

އެގޮތުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމް ލިބިފައިވަނީ ހިތާދޫ ޓީމްގެ ހުޒައިފަތު ރަޝީދުއަށެވެ.  މުބާރާތުގެ އެންމެ މޮޅު ފަސްކުޅުން ތެރިންގެ ތެރޭގައިވެސް ހުޒައިފަތު ހޮވިފައިވާއިރު އޭނާގެ އިތުރުން ހިތާދޫ ޓީމުގެ އަހްމަދު ހުސައިން ވެސް މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައިވަނީ ހިމަނާފައެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހިތާދޫގެ އަހްމަދު އިސްމާއީލް ހޮވާފައިވާއިރު މި މުބާރާތުގެ އެންމެ މޮޅު ކޯޗްގެ މަގާމް ހޯދާފައިވަނީ ހިތާދޫގެ ކޯޗް މަޒްހަރު އަބްދުﷲ އެވެ. އަދި  ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރި ޓީމުގެ މަގާމުވެސް ހޯދާފައިވަނީ ހިތާދޫ ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދިނީ، ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން، އެފްއޭއެމް ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލްއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top