ކައްކާ ގޭހުގެ މައްސަލަ އަންނަ ހަފްތާއިން ފެށިގެން ހައްލުވާނެ: އެސްޓީއޯ

large_177065918361Y9SD.jpeg

މޯލްޑިވް ގޭސްގެ ޕްލާންޓެއް: -- ފޮޓޯ/ މޯލްޑިވް ގޭސް

މޯލްޑިވް ގޭސް އިން އާންމުކޮށް ވިއްކާ މިންވަރަށް ވުރެ މަދުން ގޭސް ވިއްކަމުން އަންނަ މައްސަލަ އަންނަ ހަފުތާއިން ފެށިގެން ހައްލުވާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ރާއްޖެއަށް ކައްކާ ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި، މޯލްޑިވް ގޭސްއިން ބުނި ގޮތުގައި އެކުންފުނިން އާންމުކޮށް ވިއްކާ މިންވަރަށް ވުރެ މަދުން ވިއްކަން ފަށާފައިވަނީ ދުނިޔޭގެ ބާޒާރުގެ ސަޕްލައިއަށް އައި ލޮޅުމަކާ ހެދި ކަމަށެވެ.

މޯލްޑިވް ގޭސްއިން ވަނީ، މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އަދި ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާ ފާއިތުވި ދުވަސްތަކުގައި ކަސްޓަމަރުން ކޮށްފައިވެއެވެ.

މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު މިއަދު ”ސަން “އޮންލައިން އަށް ވިދާޅުވި ގޮތުގައި، ކުންފުންޏަށް ގޭސް ގަތުމުގެ ހުރިހާ މުއާމަލާތެއް މިހާރު ހިންގަނީ އެސްޓީއޯއިން ކަމަށާއި، ގޭސް ގަންނަ ތަނަކާއި ގަންނަ އަގު ވެސް މިހާރު ނިންމަނީ އެ ކުންފުނިން ކަމަށް ސަން އިން ބުނެފައިވެ އެވެ.

އެ އޮފިޝަލް ވަނީ ގޭހުގެ ސަޕްލައި މައްސަލަ ދިމާވެގެން އުޅެނީ އެސްޓީއޯގެ އިހުމާލުން ކަމަށާއި އެއީ ކުންފުނީގެ ތާރީޚުގައި ވެސް ގޭސް ހުސްވެ މިފަދަ މައްސަލައެއް މިހާ ދިގުލައިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށް ބުނެފައެވެ.

އެ މައްސަލައިގައި މީގެ ކުރިން އެސްޓީއޯއިން ވަކި އެއްޗެކޭ ބުނެފައިނުވެއެވެ. ނަމަވެސް އެ ކުންފުނީގެ އޮފިޝަލަކު މިރޭ “ސަން”އަށް ވިދާޅުވީ ގޭސް ހުސް ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޑިސްކައުންޓް ރޭޓުތަކާއެކު މަދުން ގޭސް ވިއްކަމުން އަންނަނީ، ދުނިޔޭގެ ސަރަހައްދީ ބާޒާރުގެ ސަޕްލައިއަށް އައި ލޮޅުންތަކަކާ ހެދި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ ލޮޅުމާ ހެދި ޖެހިފައިވާ ކުޑަ މައްސަލަ އަންނަ ހަފުތާގައި އެއްކޮށް ހައްލުކުރެވޭނެ ކަމަށާއި، އެއާއެކު، ކުރިއެކޭ ވެސް އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާނެ ކަމަށެވެ.

ކުރިއަށް އޮތީ ރޯދަމަސް ކަމަށްވާއިރު، ގޭސް މަދުން ލިބުމާއި ލަސްވުމުގެ މައްސަލަ ދެމިގެންހިނގައިދާނެތީވެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުުވުން ފާޅުކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top