ދަރަވަންދޫގައި ބީއެމްއެލް އޭޓީއެމް މެޝިން ބަހައްޓައި ޚިދްމަތްދޭން ފަށައިފި

big_3B2kdPG05iccikI.jpg

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. ދަރަވަންދޫގައި އޭޓީއެމް ގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ދަރަވަންދޫގައި ރަސްމީކޮށް އިފްތިތާހު ކުރީ، އިއް އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް ގެ ޑެޕިޔުޓީ ސީއީއޯ އަދި ޑިރެކްޓާ އޮފް އޮޕަރޭޝަން މުހައްމަދު ޝަރީފް ވިދާޅުވީ، އެންމެ ޒަމާނީ އޭޓިއެމް އަކާއި އެކު ދަރަވަންދޫ ރައްޔިތުންނަށާއި، ވިޔަފާރިތަކަށާާއި، އިގްތިސޯދަށް ފައިދާވާނެ މަގެއް ފަހިކޮށްދެވުނީތީ އުފާ ކުރާކަމަށާއި، މިއަދަކީ ބީއެމްއެލް އިން ކުރިޔަށް ގެންދާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ދުވަހެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ، ދަރަވަންދޫގައި މިއަދު ތައާރަފް ކުރި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ތައާރަފްކުރީ، ބ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމެންޓްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ކަމަށެވެ. މިއީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގެ ހިދުމަތް ފުޅާކޮށް، ބޭންކުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް އިއުލާންކޮށްފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ފެށި ހިދުމަތެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ވަނީ މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި 34 ބްރާންޗާއި، 84 އޭޓީއެމް އާއި، 26 ސެލްފް ސާވިސް ބޭންކިން ސެންޓާ ގާއިމްކޮށްފައެވެ. އެކުންފުނިން ބުނީ އޭދަފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އާ އިމާރާތެއްވެސް މިއަހަރު އަޅާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top