ދެވަނަ ލެގް ކާމިޔާބުކޮށް އޭދަފުށި ޗެންޕިއަންކަން ހޯދައިފި

17523212_1334633389952204_3302316635500349944_n.jpg

ޗެންޕިއަން އޭދަފުއްޓަށް ޗެންޕިއަން ޝީލްޑް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ޒޯން ބުރުގައި އޭދަފުށި ބައްދަލުކުރާނީ އުނގޫފާރާއި، އޮޅުވެލިފުއްޓާ / ފޮޓޯ: އޭދަފުށީ ފުޓްބޯލް ޓީމް އެފްބީޕޭޖް

މިނިވަން ޗެންޕިއަންޝިޕްގެ ބ. އަތޮޅު ބުރުގައި އޭދަފުއްޓާ ދަރަވަންދޫ ބައްދަލުކުރި ދެމެޗްވެސް ކާމިޔާބުކޮށް އޭދަފުށި ބ. އަތޮޅުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

އޭދަފުށި ޗެންޕިއަންކަން ހޯދީ ބުރާސްފަތިދުވަހު ކުޅުނު ފުރަތަމަ ލެގްގައި 1-0ން މެޗް ކާމިޔާބުކޮށް، އިއްޔެ އޭދަފުށީގައި ކުޅުނު ދެވަނަ ލެގް 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މެޗަށްފަހު ޗެންޕިއަން ޓީމާއި ރަނަރަފް ޓީމަށް މެޑަލް އާއި ޝީލްޑް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ.

މުބާރާތުގެ ޗެންޕިއަންކަމާއެކު އޭދަފުށި މިހާރުވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ. ޒޯންބުރުގައި ރ. އަތޮޅުން ވާދަކުރާނީ އުނގޫފާރެވެ. ޅ އަތޮޅުން އޮޅުވެލިފުއްޓެވެ.

ޒޯންބުރުގެ މެޗްތައް އޮންނަނީ މިމަހުގެ 13 ން 17 އަށެވެ. މެޗްތައް ކުޅޭނެ ވަކިރަށެއް އަދި ކަނޑައެއް ނާޅައެވެ. މިޒޯންގެ މިދިޔަ ދެއަހަރުގެ ޗެންޕިއަނުންނަކީ އޭދަފުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top