ޝުޖާއު ނިޔާޒަށް: އެމްޑީޕީއަށް އެނގެނީ ހަމައެކަނި ”ލާމަރުކަޒު“ މި ބަސް އެކަނި

TlJ3C48sVmhIqIiFoRJLZHRDYQSqeGTc4dZ3c8Wy-1.jpg

ލާމަރުކަޒު ކުރުމުގެ ބޭނުމަކީ އެރަށެއްގެ މުއްސަދިކަން އެރަށަކަށް ހޯދައިދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ނިޔާޒު ވިދާޅުވުމާއި ގުޅިގެން މާލެ ސިޓީގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފި އެވެ.

ނިޔާޒް މިހެން ވިދާޅުވެފައިވަނީ މިހާރު ލ. ގަމުގައި ފެށިގެން ކުރިޔަށްދާ ފަނޯއްލަ ދަރުބާރު ސިލްސިލާގެ ހަތަރު ވަނަ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެެވެ.

ނިޔާޒަށް ރައްދުދެއްވައި ޝުޖާއު ވިދާޅުވީ އެމްޑީޕީއަށް އެނގެނީ ހަމައެކަނި ”ލާމަރުކަޒު“ މި ބަސް އެކަނި ކަމަށާއި, ގާނޫނުގައި ލިޔެފައިވަނީ ކީކޭކަން ލިޔާ މީހުންނަށް ވެސް ނޭނގޭ ކަމަށެވެ.

ގާނޫނުގައި ވަނީ މުނިސިޕަލް ޚިދުމަތް ދޭންވާނީ ކައުންސިލުން ކަމަށް ކަމަށާއި, ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ދިނުމަށް ލާމަރުކަޒު ކޮމިޓީގެ މުގައްރިރު ވެސް ދެކޮޅުކަމަށް ޝުޖާއު ވިދާޅުވިއެވެ.

”ފަނޯއްލަ އެއްނޫން ފަޅޯއޮނު ބޭއްވިޔަސް މިކަން އޮތީ ހަމަ މިހެން.” ލ.ގަމުގައި ފެށިގެން ކުރިޔަށްދާ ފަނޯއްލަ ދަރުބާރަށް އިޝާރަތްކުރައްވައި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީން ވަކާލާތު ކުރި ނިޒާމުގެ ބާރު ކައުންސިލުތަކަށް ނުދިން ކަމަށާއ ހުޅުމާލެއަކީ އޭގެ ހެއްކެއް ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފަށް ވެސް މި ދައްކާ ވާހަކަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި, ނަމަވެސް މާލޭ ސިޓީ ކައުންސިލުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތުމުން ކައުންސިލަށް ދޭންޖެހޭ ބާރުވެރިކަން ދީފައިނުވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top