ރަށްރަށުގައި ހުންނަ އެމްޑީޕީ ހަރުގެތަކަށް ސްމާޓް ޓީވީ ބަހަން ފަށައިފި

FcJVPWNacAE1Wxj.jpg

ރަށްރަށުގައި ހުންނަ އެމްޑިޕީގެ ހަރުގެތައް ހިންގާލުމަށް އެ ޕާޓީއިން ރަށްރަށަށް ޓީވީ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ޕާޓީއިން ހަރުގެ ތަކަށް ބަހަނީ ޓީސީއެލް ބްރޭންޑްގެ 65 އިންޗީގެ 4ކޭ ކޮލިޓީގެ ޓީވީއެވެ.

އެމްޑީޕީއިން ރަށްރަށުގެ ހަރުގެތަކަށް ޓީވީ ދޫކުރަމުން އަންނައިރު ޗެއާ ޕާސަންކަމުގެ އިންތިޚާބުގައި ފައްޔާޒް އިސްމާއިލް ދެއްކެވި އެއް ވާހަކަފުޅަކީ ރަށްރަށުގެ މެންބަރުންނަށް އަޅާނުލެވި ކަންކަން ކޮށް ނުދެވޭ ވާހަކައެވެ.

މިކަންކަން ހައްލުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް ހަރުގެ، ޖަގަހަތަކަށް ބޭނުންވާ ބަޖެޓެއް ހަމަޖެއްސުމަކީ ފައްޔާޒް އިސްމާއިލްގެ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top