ބ.އަތޮޅު ހޮސްޕިޓަލުން އިންފުލުއެންޒާ ވެކްސިން ޖަހައިދޭން މާދަމާ ފަށާނެ

IMG_20170312_105126.jpg

ބ. އަތޮޅު ހޮސްޕިޓަލްގައި ބަޔަކު މަޑުކޮށްލައިގެން. / އީވީ ފޮޓޯ: ޕްރިންސް ނަވާ ފޮޓޯގްރަފީ

މާދަމާއިން ފެށިގެން ބ.އަތޮޅު ހޮސްޕިޓަލުން ހަ މަސްފުރިފައިވާ، ނަމަވެސް ހަތް އަހަރުން ދަށުގެ ކުޑަކުދިންނަށް އިންފުލުއެންޒާ ވެކްސިން ޖަހައިދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިކަމާބެހޭ މައުލޫމާތު ދެމުން ހޮސްޕިޓަލުން ބުނީ މި ވެކްސިން ޖަހައިދޭނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް އަތޮޅު ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައި ކަމަށެވެ.

ވެކްސިން ޖަހަން އަންނަ އިރު އައިޑީކާޑާއި ވެކްސިން ކާޑުގެ އިތުރުން ވެކްސިންގެ އަގަށްވާ 130ރ. ގެންނަން ޖެހޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އަތޮޅު ހޮސްޕިޓަލުގެ ފަރާތުން މި ވެކްސިން މިހާރު ޖަހައިދެމުން ގެންދަނީ އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ އަދި ކެންސަރު ބަލީގެ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ، އުމުރުން ތިން އަހަރުން މަތީގެ މީހުންނާއި ޑައިލިސިސް ހަދަމުންދާ މީހުންގެ އިތުރުން އުމުރުން 65 އަހަރުގެ މީހުންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top