ޕާކްގެ މަސައްކަތް ކުރިއަށް

ޕާކް-ކުރެހުން.jpg

އޭދަފުށީގެ ދެކުނު ފަރާތުގައި ހަދަމުންދާ ޕާކް ގައި ހަރުކޮށްފައިވާ ކުރެހުމެއް- ފޮޓޯ : އީވީ

އޭދަފުށީ ދެކުނުފަރާތުގައި އަލަށް ހަދާ ޕާކްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. މި މަސައްކަތުގައި އިސްކޮށްއުޅޭ މެދު އަވަށުގެ ގްރޫޕަކުން ހާމަކުރި ގޮތުގައި މަސައްކަތަ ކުރިއަށް ދަނީ ކުރިންވެސް ރާވާފައިވާ ގޮތަށް އަންނަ ކުޑައީދަށް ޕާކްގެ ހުރިހާ މަސައްކަތެއް މުޅިން ނިންމައި ބޭނުންކުރަން ފަށާ ގޮތަށް ކަމުގައެވެ.

ޕާކްގެ މަސައްކަތް ކުރިއަށް ދަނީ . ކަނޑައަޅާފައިވާ ތާރީޚަށް މަސައްކަތް ނިންމާނެކަމުގައި ބުނޭ – ފޮޓޯ : އީވީ

5000އަކަފޫޓުގެ މިޕާކް ނިމޭއިރު  އެތަނުގައި މަލްޓިފަންކްޝަނަލް ކުޅޭ ސެޓާއި މަންކީ ބާރއާއި ސީސޯގެ އާއި މިނޫނަސް ކުޑަކުދިން ކުޅެން ބޭނުންވާނެ  ތަކެއްޗާއެކު ބޮޑެތި މީހުންނަށް އައުޓްޑޯ ޖިމަކާއި ޖޮގިން ޓްރެކެއްވެސް ހިމެނިގެންދާނެކަމަށް ޕާކާބެހޭ މައުލޫމާތު ދެމުން އެގްރޫޕުން ބުނެއެވެ.

އޭދަފުށީގެ ދެކުނު ފަރާތުގައި ޕާކެއް ހުޅުވުމަށް ތައްޔާރުވަމުންދާއިރު އުތުރުފަރާތުގެ އަތިރިމަތީގައިވެސް ޕާކެއްގެ މަސައްކަތް ހިނގަމުން އެބަދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top