މަރްހަބާ ! ހަސަން ނަސީހް

big_138322.jpg

ހަސަން ނަސީހު އެވޯޣް އާއެކު -ފޮޓޯ : ވީނިއުސް

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އެކައުންޓިން ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ އޭދަފުށީ ރޯޝަނީގޭ ހަސަން ނަސީހު “ގާސިމް އިބްރާހީމް އެވޯދް ފޯ އެކްސެލްންސް ” ހޯދައިފިއެވެ.

ނަސީހު މި އެވޯޑް ހޯދާފައިވަނީ ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން (ވީސީއީސީ) ނިންމި ބެޗެލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުންނެވެ. ނަސީހުވަނީ އެ ކޯހުން ސީޖީޕީއޭ 3.67 އަށް ވުރެމަތިން މާކްސް ހޯދައި، ބުކް ޕްރައިސްވެސް ހާސިލްކޮށްފައެވެ.

ނަސީހުގެ އިތުރުން ވީސީއީސީން ޑިގްރީ ޕްރޮގްރާމު ނިންމައި މިއަދު ގްރެޖުއޭޓްވި އޭދަފުށީގެ 7 ދަރިވަރަކުވެސް ވަނީ ބުކް ޕްރައިސް ހޯދައިފަ އެވެ. އެއީ ޝަހްލާ އަލީ، ޝަފްނާ އަބްދުލްފައްތާހު، އިޝާން އިބްރާހިމް، އަހްމަދު ޝަރީފް، އަބްދުލްފައްތާހު މުހައްމަދު، ފާތުމަތު ޚާލިދު ގެ އިތުރުން އާމިނަތު ސަނާ އެވެ.

ދަރިވަރުން  ތިޔަ ހޯއްދެވި މަތިވެރިކާމިޔާބީއަށް އޭދަފުށީ ވޮއިސްގެ ފަރާތުން މަރުހަބާއާއި ތަހްނިޔާ ކިޔަމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top