މަގުހަދާ މީހުންނަށް އޭދަފުށި އަންހެން ޖަމާއަތަކުން ބޮނޑިބަތް ދީފި

image-0-02-06-c76500e3061af4c86dcf0317fc547561ad1264ef0fc73a6b9de105246b5f3ca9-V.jpg

އޭދަފުށީގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއާރްޑީސީގެ ޓީމަށް އޭދަފުށި އަންހެން ގްރޫޕަކުން ބޮނޑިބަތް ދީފިއެވެ. މި ހަފްލާ އޮތީ މިއަދު ހަވީރު އުތުރުފަރާތު ބަނދަރުގައި އެމްއާރްޑީސީގެ ޓީމް މަސައްކަތްކުރާ ސައިޓްގައެވެ.

މިކަން އިންތިޒާމްކޮށްފައިވަނީ އޭދަފުށީ ހުުސްނުހީނާގޭ ރަޝީދާގެ އިސްނެންގެވުމުގެ މަތިން “އާރި ގްރޫޕް”ގެ ފަރާތުންނެވެ.

އެމްއާރްޑީސީގެ ޓީމަށް ބޮނޑިބަތް ވެދުންކުރުމުގެ ބޭނުމެއްކަމުގައި އެގްރޫޕްގެ ފަރާތުން ވާހަކަދެއްކެވި އަންހެން ކަނބަލަކު ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މިފަަދަ ބޮޑު އަދި މުހިއްމު މަސައްކަތެއް ކުރަމުން ދާއިރު އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުންނާއި އެމަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުންވެސް އެބައޮތްކަން ރަމްޒީގޮތުން ދެއްކުން ކަމުގައެވެ.  އަދި މިކަހަލަކަމެއް ޚާއްސަކޮށް އަންހެނުންގެ ފަރާތުން ކޮށްލުމަކީ އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާ ބަޔަކުވެސް އެބަ އުޅޭކަން އެނގި މަސައްކަތަށް ޝައުގުވެރިކުރުވުމަށް ލިބޭނެ ބާރެއްކަމުގައި ދެކޭތީކަމަށް ބުންޏެވެ.

އެ ގްރޫޕުން ބުނީ  ރައްޔިތުންނާ ގުޅުންހުރި މިފަދަ ބޮޑެތި ކަންކަން ކުރާއިރު އެކި ޖަމާއަތްތަކުން ބޮނޑިބަތާ ޖޫސް އަދި ކެއިން ފަދަ ތަކެތި ދިނުމަކީ ދިވެހި ސަގާފަތާ ގުޅިފައިވާ ކަމަކަށް ވާތީ އެކަން ދިރުވުމަށް ވެސް މިއީ  ބާރަކަށް ވާނެ ކަމެއްކަމުގައެވެ. އަދި މިއީ ފެށުމެއް ކަމަށާއި މިކަހަލަ ކިތަންމެ ދުވަހެއް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top