އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމަށް އެމްޕީ.ސަލީމް ނިންމަވައިފި

DSCN0731.jpg

އޭދަފުށީގެ ރަސްމީ ބޯޅަދަނޑު. ދިރުމެއްނެތް. ފޮޓޯ : އީވީ

އޭދަފުށީ ޒުވާނުންގެ އެދުމުގެ މަތިން އޭދަފުށީ ފުޓްބޯޅަދަނޑުގައި އޭނާގެ އަމިއްލަ ޚަރަދުގައި ޓާފް އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ނިންމަވައިފިއެވެ. މިދިޔަ ހަފްތާގައި އޭދަފުށްޓަށް ވަޑައިގެން އޭދަފުށީގެ ޒުވާނުންނާއި ބައްދަލުކުރައްވައި ޒުވާނުންގެ އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ގޮތުގައި ސަލީމަށް ހުށަހަޅާފައިވަނީ އޭދަފުށީ ޒުވާނުންގެ ލެއާ ގުޅިގައިވާ ފުޓްބޯޅަ ކުޅުމަށް އެކަށީގެންވާ ދަނޑެއް ނެތުމުގެ މައްސަލައެވެ.

މިބައްދަލުކުރެއްވުމުގައި ސަލީމް ވިދާޅުވީ އޭދަފުށީގައި އަލްއަޚް އަހްމަދުނަޒީރު އަޅުއްވަން ނިންމަވާފައިވާ ޓާފްދަނޑުގެ މަސައްކަތްވެސް އަންނަ ޖެނުއަރީމަަސް ހާ ތަނުގައި ފެށޭނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެ ދަނޑުގެ އިތުރުން މިހާރުގެ ރަސްމީ ދަނޑުގައި ޓާފް އެޅުމުން ޒުވާނުންގެ އެންމެ ބޭނުންވާ ފުޓްބޯޅަ ކުރިއެރުވުމަށް އޮތް ހުރަސްތަކަށް ހައްލު ލިބޭނޭ ކަމުގައެވެ.

“އަޅުގަނޑު ބޭނުންވަނީ މި ދަނޑު (މިހާރުގެ ރަސްމީ ދަނޑު ) ގައިވެސް ޓާފް އަޅަން . ކައުންސެލަރުންނާ ތިޔަ ޒުވާނުންގެ ހާޒިރުގައި މި ދަންނަވަނީ އަޅުގަނޑުގެ އަމިއްލަ ޚަރަދުގައި މި ދަނޑަށް ބޭނުންވާ ޓާފް ރާއްޖެއިން ބޭރުން ގެނެސްދޭނަން. މީގެ އިތުރުން  ޓާފް އެޅުމުގެ މަސައްކަތުުގައިވެސް އަޅުގަނޑު އެހީވާނަން. “ބައެއް ރަށުކައުންސެލަރުންވެސް ބައިވެރިވެ ވަޑައިގަތް މި ބައްދަލުވުމުގައި ޒުވާނުންނާ މުޚާތަބްކުރައްވައި ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީވުމަކީ މިއަދު ފެށިގެން ކުރައްވަމުންއަންނަ ކަމެއް ނޫންކަމަށާއި އޭނާގެ އެންމެ ޒުވާން އިރުން ފެށިގެން އޭދަފުށީގެ ފުޓްބޯޅައަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްސަ އުފަލެއް ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top