ބ.މުތާފުށީގައި ފަސްތަރީގެ ރިސޯޓެއް. އަންނަ އަހަރު ހުޅުވާނެ

Muthaafushi-Lagoon.jpg

މުތާފުށި

ބ.މުތާފުށީގައި ފަސްތަރީގެ ރިސޯޓެއް ހުޅުވަން ތައްޔާރުވަމުން އެބަދެއެވެ.

މިރަސް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަނީ ތައިލެންޑްގެ މަޝްހޫރު ސެންޓާރާ ގްރޫޕްގެ ފަރާތުންނެވެ. ސެންޓާރާ ގްރޫޕްގެ ހަތަރު ވަނަ ރިސޯޓުގެ ގޮތުގައި ހިންގަން ފަށާ، ބ. މުތާފުށި ރިސޯޓު އެންޑް ސްޕާގެ މެނޭޖުމަންޓް އެއްބަސްވުމުގައި ސަންޓާރާ ހޮޓެލް އެންޑް ރިސޯޓުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ތިރިއަވުތް ޗިރަތިވަތް އެވެ. އަދި މި ރިސޯޓު ތަރައްގީކުރާ މޫފުށި އޮރިއަންޓް އިންވެސްޓްމަންޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު ހަމީދު އެވެ.

ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި އަންނަ އަހަރުގެ ފަހު ކޮޅު ހުޅުވުމަސް ނިންމާފައިވާ މުތާފުށި ރިސޯޓުގައި 24 ބީޗްވިލާ އާއި 77 މޫދު ވިލާ ހުންނާނެ ކަމަށް “ހޮޓެލް އެއަރ މޯލްޑިވްސް”ގައި ވެއެވެ.  އަދި މިތަނުގައި މޫދު އަޑީގެ ރެސްޓޯރެންޓެއްގެ އިތުރުން ފްލޯޓިން ސިނަމާއެއް ވެސް ހުންނާނެ ކަމަށާއި ތައި ސްޕާ ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް ހިމެނެ އެވެ.

ސެންޓާރާ ހޮޓެލް ގްރޫޕުން ތައިލެންޑުގައި 37 ހޮޓާ ހިންގަ އެވެ. އަދި މިގްރޫޕުން ރާއްޖޭގައި ތިން ރިސޯޓް ހިންގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top