ޑެންގޫއާއި އަރިދަފުސް ރޯގާ އިތުރު ވަމުން ނުދޭ : ބ.އަތޮޅު ހޮސްޕިޓަލް

DSCN7555.jpg

މިދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯދާ އާއި ޑެންގޫގެ އިތުރުން އިންފުލުއެންޒާ ފެތުރެމުން ދާކަމަށް ވިޔަސް ބ.އަތޮޅުގައި މިފަދަ ރޯގާތައް އިތުރަށް ފެތުރެމުން ނުދާކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ ޑިރެެކްޓަރ އަހްމަދު ވަހީދު އީވީއަށް ރޯގާގެ މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭދަފުއްޓާއި ބ.އަތޮޅުގެ އެހެން ރަށްރަށުގގައިވެސް ރޯދަމަސް ފެށުމާއެކު ފެތުރެމުން އައި ރޯގާތައް ފެތުރުން މިހާރު މަޑު ޖެހިފައިވާ ކަމުގައެވެ. އެހެންނަމަވެސް އޭގެ މާނައަކީ ރޯގާ މުޅިން ކޮންޓްރޯލް ވީކަމަށް ނުދެކޭކަމާއި މިފަދަ ރޯގާތަކުން ސަލާމަތް ވުމަށާއި ކޮންޓްރޯލް ކުރުމުގެ ގޮތުން އާއްމު ސާފު ތާހިރުކަން އިތުރު ކުރުމަށް އޭނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

އެގޮތުން އޭނާ މިއަދުވެސް ވިދާޅުވީ ރޯގާ ޖެހިގެން އުޅޭ އިރު މީހުން ގިނަ ތަންތަނަށް ގޮސް ނޫޅުމާއި ކެއްސާ ކިބިހި އަޅާއިރު އަނގަ ނިވާކޮށްގެން ހުރުމަކީ ރޯގާ ފެތުރުން މަދު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ކަމުގައެވެ. އަދި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމަށާ އުކާލެވޭ ކާބޯތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް މިއަދުވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ވަހީދު މިހެން ވިދާޅުވި އިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް ޕީ އޭ ) އިން އިއްޔެވަނީ ރާއްޖޭގައި އިންފްލުއެންޒާ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ވިދާޅުވެ އިންފްލުއެންޒާއިން ދިފާއު ވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.

ވަހީދު ވިދާޅުވީ އިންފުލުއެންޒާ ވެކްސިން މި ވަގުތު އާއްމުކޮށް މިރަށުން ލިބެން ނެތް ނަމަވެސް މިއަދު އޭދަފުއްޓަށް އެވެކްސިން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

“އެބޭފުޅުން އަންގަވާފަ އޮތީ ނިޔާމަ ބޯޓަށް އަރުވާނެ ކަމަށް. އެެހެންވީމާ މި ބަލަނީ މިއަދު އެ ވެކްސިން  އެސްޓީއޯ ފާމަސީއަށް ލިބޭނެ ކަމަށް.  ” ވަހީދު ވިދާޅުވިއެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެސްޓީއޯ ފާމަސީތައް މެދުވެރިކޮށް ހުރިހާ ރަށަކަށް އިންފްލުއެންޒާ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް ހުރިހާ ރަށަކަށް ވެކްސިން ފޯރުކޮށްދެވިފައި ނުވާ ކަމަށާއި ވީހާވެސް އަވަހަށް ވެކްސިން މިހާރު ނެތް ރަށްރަށަށް އެސްޓީއޯ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

އިންފްލުއެންޒާ ވެކްސިން ވިއްކަނީ 125 ރުފިޔާއަށެވެ. ބޭސް ފިހާރަތަކުން ވެކްސިން ދޫކުރާނީ ޑޮކްޓަރުގެ ބޭސް ސިޓީއެއް އޮތްނަމަ އެވެ.

އިންފްލުއެންޒާ ވެކްސިނަކީ އެޗް1 އެން1 އިންފްލުއެންޒާ ވައިރަސްގެ އިތުރުން ދެ ބާވަތެއްގެ އިންފްލުއެންޒާ ވައިރަސް އަކަށް އަމާޒުކޮށްގެން ހަދާފައިވާ ވެކްސިނެކެވެ. މި ވެކްސިން އެންމެ މުހިއްމު ވަނީ އިންފްލުއެންޒާ ޖެހިގެން ނުރައްކާވެފާނެ ފަދަ ކަމެއް ހުންނަ ފަރާތްތަކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މިފަދަ ބަލިމީހުންނާ ކުރިމަތިލާންޖެހޭ ފަރާތްތަކަށެވެ. –ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފެނިފައި ވަނީ އިންފްލުއެންޒާގެ ބާވަތެއް ކަމަށްވާ އެޗް3 އެން2 އެވެ —

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top