ރޯދަވީއްލަން ރޯޔަލް އަށް ޖައްސާލަމާ!

257-1.jpg

ރޯޔަލް އައިލެންޑް ރިސޯޓުގ މާކަނާ ރެސްޓޯރެންޓް. ރޯދަ ވީއްލުން ހަމަޖެހިފައިވަނީ މި ރެސްޓޯރެންޓްގައި

ބ.އަތޮޅުގައި ހިންގާ ރޯޔަލް އައިލެންޑްރިސޯޓަށް ރޯދަ ވީއްލަން ޖައްސާލުން ކިހިނެއް ވާނެ ހެއްޔެވެ؟  ރޯޔަލް އިން މިހާރުވަނީ އެ މަގު ތަނަވެސް ކޮށްދިނުމުގެ ގޮތުން ރޯދަ ވީއްލުމުގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފައެވެ.

ރޯޔަލް އައިލެންޑުން ބުނީ ރޯދަވީއްލުމުގެ ޕެކޭޖް ތައާރަފް ކުރުމުގެ ބޭނުމަކީ ހިތްގައިމު މާހަލެއްގައި މީރު ތަފާތު ރަހަ ތަކާއެކު ރޯދަ ވީއްލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުން ކަމުގައެވެ.  އެގޮތުން ރޯޔަލް “އިފްތާރު” ޕެކޭޖްގައި ރޯދަވީއްލުމުގެ ރަހަތައް ވެސް ހުންނަނީ އާއްމުކޮށް ދިވެހިންނަށް ކަމުދާނެ ރަހަތަކުގެ އިތުރުން މަޝްހޫރު ބޭރު ރަހަތަކާއި އެކުގަ އެވެ.

މި ޕެކޭޖް ވިއްކަނީ މަދުވެގެން 15 މީހުންނަށް، މީހަކަށް 45 ޑޮލަރުގެ މަގުންނެވެ.  އެ ޕެކޭޖްގައި އޭދަފުށި، މާޅޮސް އަދި ދަރަވަންދޫން ރިސޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

ރޯދަ ވީއްލުމަށް ރިސޯޓަށް ދިއުމަށް  ހަމަޖެހިފައިވަނީ ހުކުރު، ހޯމަ އަދި ބުދަ ދުވަހު ހަވީރު 5:15 ގަ އެވެ. އެނބުރި ރިސޯޓުން އަންނަން ފުރާނީ ހަތެއް ޖަހާއިރު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top