ކަމަދޫ ކައުންސިލަށް ރައީސަކު އިންތިޚާބު ކުރަން އަނެއްކާވެސް އަންގައިފި

l_1503145389253COx.jpg

ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު:

ކަމަދޫ ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ހުސްވެފައިވާ ރައީސްކަމުގެ ގޮޑިއަށް މެންބަރަކު އިންތިޚާބުކުރުމަަށް އެލްޖީއޭ އިން ކަމަދޫ ކައުންސިލަށް އަނެއްކާވެސް އަންގައިފިއެވެ.

ކަމަދޫ ކައުންސިލް ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި އަހުމަދު ސާޖިދަށް އެޑްރެސްކޮށް އެލްޖީއޭއިން މިދިޔަ އާދީއްތަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނީ، ކަމަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް އެ ކައުންސިލުގެ އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އެޖެންޑާކޮށް ކައުންސިލުގެ ރައީސްކަމުގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރެއްވުމަށްފަހު އެ އޮތޯރިޓީއަށް އެންގުމަށް މިމަހުގެ 14 ވަނަ ދުވަހު އަންގާފައިވާނެ ކަމަށާ ނަމަވެސް އެ ސާކިއުލާގައި ބަޔާން ކޮށްފައިވާ 14 ދުވަހުގެ މުއްދަތު ފާއިތުވެގެންދިޔައިރުވެސް ކައުންސިލުގެ ރައީސްގެ މަގާމަށް މިހާތަނަށް މެމްބަރަކު އިންތިހާބު ކުރައްވާފައި ނުވާކަމުގައެވެ.

ވީމާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 115 ވަނަ މާއްދާގެ (ނ)ގެ ދަށުން ހުސްވެފައިވާ ކައުންސިލުގެ ރައީސްގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށްފަހު މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އަލުން އެންގުމަށް އެ ސިޓީގައި އަންގާފައި ވެއެވެ.

އެސިޓީގައި އިތުރަށް ބުނެފައިވަނީ “މި އޮތޯރިޓީގެ އެންގުމާ އެއްގޮތަށް އަމަލުނުކުރައްވައިފިނަމަ، މި އޮތޯރިޓީގެ ބޯޑުން ފާސްކުރައްވައި އާއްމުކޮށްފައިވާ (ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަަމަލުތަކާއި އިސްލާހީ ފިޔަވާޅުތައް ދަރަޖަކުރުމުގެ އުސޫލު)ގެ ދަށުން ފިޔަވަޅު އެޅޭނެކަން ވެސް ހަނދުމަފުޅުކޮށް އެރުވީމެވެ،” ސިޓީގައި ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top