ކޮވިޑް-19: ހުރިހާ ރަށެއްގައިވެސް މިސްކިތުގެ ޖަމާއަތް ކުރިއަށް ގެންދަންވާނެ: މިނިސްޓްރީ

DSCN1354.jpg

އޭދަފުށި މަސްޖިދުލް މުޢީނުންދީނުއްޘާނީ --އީވީ .ފައިލް ފޮޓޯ

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރެއްވި ކަމަށް ވިޔަސް މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމަށާއި ޖަމާޢަތް މެދުކަނޑާލާނީ އެޗްޕީއޭއިން މޮނިޓަރިން ހާލަތަށް ގެންނަ ރަށްރަށުގައި އެކަނި ކަމަށެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ ހއ. ވަށަފަރު، ތ. މަޑިފުށި އަދި އައްޑޫ ސިޓީ ހިތަދޫ އެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޖަމާއަތުގައި ނަމާދުކުުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަދި ކޮންމެ ހުކުރު ދުވަހު ބާއްވަމުންދާ ހުކުރުގެ ޖަމާއަތްވެސް ނުބާއްވާތާ ފަސް ހަފްތާ ވަނީ ފާއިތުވެފައެވެ.

މީގެ އިތުރުން ރިސޯޓްތަކުގައިވެސް ޖަމާއަތް ހަދައިގެން ނަމާދުކުުރުން ވަނީ މެދުކަނޑާލާފައެވެ.

އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ވާގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ މިއަދު ހަވީރު6:00 ން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދިއުމަކީ މަނާ ކަމެކެވެ. އަދި ރަށްރަށުގެ މަގުމަތީގައި ގިނަ މީހުން އެކުގައި އުޅުމާއި އެއްތަނަކަށް އެއްވެ ތިބުމަކީ ވެސް މަނާ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top