ރައްޔިތުންގެ އަޑު :ބަނދަރުގައި ހުރި ކުލީ ގުދަންތައް ޤަވާއިދާ ޚިލާފުވިޔަސް ފިޔަވާޅުނާޅަނީތޯ؟

IMG_20170409_070602.jpg

އޭދަފުށީ ބަނދަރުގެ އިރުމަތީ ކޮޅުގައި ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ގުދަންތައް / އީވީ ފޮޓޯ

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ އޭދަފުށީ ކައުންސިލަށެވެ.

ސުވާލު: އޭދަފުށީ ބަނދަރު ސަރަހައްދުގެ އިރުމަތީ ކޮޅުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ގުދަންތަކަށް ގަވާއިދުން ފައިސާ ދައްކާތޯ ؟ ނުދައްކާނަމަ ނުދައްްކަނީ ކޮން ފަރާތަކުންތޯ ؟

ޖަވާބު : ބަނދަރު ސަރަހައްދުގައި ކުއްޔަށް ދޫކޮށްފައިވާ ގުދަންތަކަށް ލިބެންވާ ފައިސާއަކީ އެފަރާތްތަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަމުން ގެންދަން ޖެހޭ ފައިސާއެކެވެ. އަދި އެފައިސާ ނުދައްކަނީ ކޮންފަރާތަކުންކަމެއް މި ކައުންސިލަކަށް ނޭގެއެވެ.

ސުވާލު : ގުދަންތައް ބޭނުންކުރަމުން ދަނީ އެގްރިމެންޓް ކުރެވިފައިވާ ގޮތާ އެއްގޮތަށް ތޯ ؟ގަވާއިދާ ޚިލާފުވެގެން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅާފައި ވޭތޯ ؟ ނޭޅިވާނަމަ އެކަން ވެފައިވަނީ ކިހިނެއްތޯ ؟

ޖަވާބު : ގުދަންތައް ބޭނުންކުރަމުން ދަނީ އެގްރިމެންޓް ކޮށްފައިވާ ގޮތަށެވެ. އަދި އެއްވެސް ފަރާތަކުން ގަވާއިދާ ޚިލާފުކަމެއް ކޮށްފައިވާކަމެއް މި ކައުންސިލަކަށް ނޭގެއެވެ.

ސުވާލު : އޭދަފުށީގެ ބަނދަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބިން ދޫކުރުމަށް ވިސްނާފައި ވޭތޯ ؟

ޖަވާބު :އަދި ވިސްނާފައެއް ނުވެއެވެ.

ސުވާލު : އޭދަފުށީ ވޮއިސް އިން ފޮނުވާ ސުވާލުތަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނާ ޚިލާފަށް ޖަވާބުދެއއްވުން ލަސްވަނީ ކީއްވެގެންތޯ ؟

ޖަަވާބު : އޭދަފުށީ ވޮއިސް އިން ފޮނުވާ ސުވާލުތަކަށް މި ކައުންސިލުން ޖަވާބު ދޭންޖެހޭ މުއްދަތުގައި ޖަވާބު ދެވިފައިވާނެއެވެ. ބައެއްް ފަހަރު ބޮޑެތި މައްސަލަ ތަކުގައި ޖަވާބު ދިނުން ލަސްކުރެވިފައި ހުރެދާނެކަމަށް މިކައުންސިލުން ގަބޫލު ކުރަމެވެ.

ސުވާލު :އޭދަފުށީ ވޮއިސްގައި ޝާއިއު ކުރި އެއްވެސް ޚަބަރަކާ ބެހޭ މައުލޫމުމާތެއް އެންމެ ފަހުން ބޭއްވި ރައްޔިތުންގެބައްދަލު ވުމުގައި ދޮގު ކުރެއްވިންތޯ ؟ އަދި އެއީ ކޮން މައުލޫމާތެއްތޯ ؟ ތަފްސީލު ދެއްވުން އެދެން .

ޖަވާބު : އެންމެ ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލު ވުމުގައި އޭދަފުށީ ވޮއިސްގައި ޝާއިއު ކުރި އެއްވެސް ޚަބަރެއް ދޮގުކޮށް މި ކައުންސިލުން ާހަކަ ދައްކާފައެއް ނުވާނެއެވެ.

ޖަވާބު ދެއްވީ : ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ނައުރީފް

ރައްޔިތުންގެ އަޑު މި ކޮލަމަށް ސުވާލެއް ފޮނުއްވަން ބޭނުންފުޅުނަމަ މެއިލް ކުރައްވާނީ: [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top