އޭދަފުށީ ހުކުރުމިސްކިތުގެ އެއްފަޅި ބަންދުކޮށް ސީލިންގް މަސައްކަތް ފަށައިފި

IMG_20170407_180906.jpg

ހުކުރު މިސްކިތުގެ ސީލިންގް މަސައްކަތް އިއްޔެ ފެށިގެން ކުރިޔަށްދަނީ. ރޯދައަށް މިމަސައްކަތް ނިންމަން ވަނީ އަމާޒުކޮށްފައި / އީވީ ފޮޓޯ

ގިނަދުވަސްތަކެއްގެ އިންތިޒާރުތަކަކަށްފަހު އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުޢީނުންދީން (ހުކުރު މިސްކިތް) ގެ 23 އަހަރުވީ ސީލިންގް ނަގައި އާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އޭދަފުށީ ރިނައުން ގްރޫޕާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މިމަސައްކަތް ފެށީ އިއްޔެ ހުކުރު ނަމާދަށްފަހު މިސްކިތުގެ އުތުރުފަޅި ބަންދުކޮށްގެންނެވެ. ސަމޫމު ވުޑްވާކްސް އެންޑް ޑިޒައިންގެ ހިއްސާ އޮންނަ ރިނައުން ގްރޫޕަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ ރޯދައިގެ ކުރިން ނިންމުމަށްކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ބައިމިލިޔަނަށްވުރެ އަގުބޮޑު މިމަސައްކަތް އަންނަ ރަމަޟާންމަހަށް ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށާ، އެކަމަށްޓަކައި ކޮންޓްރެކްޓަރަށް ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށެވެ.

ސަމޫމުގެ ޗެއާމަން މޫސާ މުހައްމަދު އީވީއަށް ބުނީ މިމަސައްކަތް ރޯދައަށް ނިންމުމަށް އެންމެ ބޮޑު ޗެލެންޖަކަށް ކުރިމަތިވަނީ އެކަށީގެންވާ ފެންވަރުގެ މަސައްކަތްތެރިން ލިބުމުގައި ކަމަށާ، ނަމަވެސް ރަށުން ބޭރުން މީހުން ގެނެސްގެންނަމަވެސް މުއްދަތަށް މަސައްކަތް ނިންމުމަށް އަމާޒުކުރާކަމަށެވެ.

1994 ވަނައަހަރު އޭދަފުށީ ރައްޔިތުންގެ ވަރަށްބޮޑު ބައިވެރިވުމަކާއެކު ސަރުކާރުން އެހީތެރިކަން ދެއްވައިގެން އޭދަފުށީގައި އިމާރާތްކޮށްފައިވާ މިމިސްކިތުގެ ސީލިންގްގެ ބައެއް ހިސާބުތައް ފޫގޮސް ހަލާކުވައިހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. މިމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކައުންސިލުން މަސައްކަތްކުރާތާވެސް 2 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top