ކުރުނބާ ވިއްކައިގެން މާޅޮހު ރައްޔިތުންނަށް 75000 ރުފިޔާ

kumumba.jpg

އަތޮޅުގެ ރަށްރަށުން އޭދަފުއްޓަށް ގެނައި ކުރުނބާތަކެއް އަތޮޅުފެރީން ބޭލުމުގެ މަސައްކަތް ބަޔަކު ކުރަނީ. މާޅޮހުން ގިނަ އަދަދަކަށް މިއަހަރު ކުރުނބާ ލިބޭނެކަމަށް އެރަށު ކައުންސިލުން ބުނޭ / ފައިލް ފޮޓޯ

އަންނަ ރަމަޟާންމަހަށް ބ. މާޅޮހުން ބާޒާރަށް ނެރޭ ކުރުނބާ ވިއްކައިގެން އެރަށު ރައްޔިތުންނަށް 75000 ރުފިޔާއަށްވުރެ ބޮޑު އަގެއް ލިބޭނެކަމަށް މާޅޮހު ކައުންސިލުން ބުނެފިއެވެ.

ބ. އަތޮޅުގެ ދަނބުރުއް ކުރުނބާގެ އެންމެ ބޮޑު ސްޓޮކެއް އޮތް މާޅޮހު ކައުންސިލުން ބުނީ މިއަހަރުގެ ރޯދަމަހާ ދިމާކޮށް އެރަށުގައި އާދަޔާ ހިލާފަށް ރުއްރުކުގެ މަތިވަރު ރަނގަޅުކަމަށާ، މިދިޔަ އަހަރަށްވުރެ ކުރުނބާ ބާޒާރަށް ނެރެވޭ އަދަދު އިތުރުވާނެކަމަށެވެ. މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު އިބްރާހީމް ވިދާޅުވީ މިއަހަރު ބާޒާރަށް ނެރެވޭ ކުރުނބާގެ އަދަދު 5000 އަށްވުރެ ދަށްނުވާނެކަމަށާ، ވިޔަސް ވާނީ އިތުރުކަމަށެވެ.

“ސުބުޙާނަﷲ. ރަށުގައި ނެތް ނުފޮޅޭ އެއްރުއްވެސް. ވަރަށް ތިޔާގިކޮށް ކުރުނބާ އުޅެނީ. މިދިޔަށް އަހަރަށްވުރެ ދެގުނަ އިތުރަށް ކުރުނބާ އެބައޮތް. މިއަހަރު ލަފާކުރެވޭ 5000 ކުރުނބާއަށްވުރެ އިތުރަށް މާކެޓަށް ނެރެވޭނެކަމަށް. މަދެއް ނުވާނެ ހަމަ އެކަތިވެސް. ވިޔަސްވާނީ ގިނަ” ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކުރުނބާ، ހާއްސަކޮށް ދަނބު ރުކު ކުރުނބާގެ ޑިމާންޑް ވަރަށް ބޮޑު ކަމަށާ، މިދިޔަ އަހަރަށްވުރެ އަގުތައްވެސް މަތިކަމަށެވެ. އޭނާ ވިދާޅުވީ އަގުބޮޑުވެގެން ޑިމާންޑަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާ، އަގުގެ ވާހަކަ މީހަކު ނުވެސް އަހާކަމަށެވެ.

“ރުކުގައި ހުއްޓާ 12، 15 އަށް މިއުޅެނީ، ރުކުން ބޭލީމާ، އަށާރަ ނުވަތަ ވިހި ރުފިޔާއަށް އަގުތައް މިހާރު މިދައްކަނީ. ޑިމާންޑަކަށް ކުޑަވެސް ބަދަލެއް ނާދޭ. ބޭރުކުރާވަރު ކިރިޔާ ވަނީ”

ސައީދު ވިދާޅުވީ ކުރުނބާގެ އިތުރުން އެރަށުން ރަމަޟާންމަހު ބާޒާރަށް ކޮންމެވެސް ވަރަކަށް ގިތެޔޮމިރުސްވެސް ނެރޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top