ކައުންސިލްގެ ރައީސަކަށް ތޮލާލް، ނާއިބް ރައީސަކަށް ހައްވަ ހުށައަޅަން ނިންމައިފި

Untitled-1.jpg

ހައްވާ ސަމީހާ އާއި، ތޮލާލް އަބްދުއްރަހްމާން. އަންނަ ދައުރުގެ ކައުންސިލް ރައީސަކަށް ތޮލާލް، ނާއިބަކަށް ހައްވަ ގެ ނަން ހުށައެޅުމަށް ޕީޕީއެމްއިން ވަނީ ނިންމާފައި / ފޮޓޯ: ފޭސްބުކް

އަލަށް އިންތިހާބު ކޮށްފައިވާ އޭދަފުށީ ކައުންސިލްގެ އަންނަ ދައުރުގެ ރައީސްއަކަށް ތޮލާލް އަދި ނާއިބް ރައީސާ އަކަށް ހައްވާ ސަމީހާގެ ނަން ހުށައަޅަން ޕީޕީއެމް އޭދަފުށީ އޮފީހުން ނިންމައިފިއެވެ.

އޭދަފުށީ އޮފީހުން މިގޮތަށް ނިންމީ މީގެ ދުވަސްކޮޅެއް ކުރިން އެއޮފީހުގައި ބޭއްވި އޭދަފުށީގެ ޕީޕީއެމް އިސް ބައެއް މެމްބަރުންގެ ލަފަޔާއެކުކަމަށް ޕީޕީއެމް އޭދަފުށީ އޮފީހުން ބުނެއެވެ. އެއޮފީހުގެ ކޯޑިނޭޓަރ އަލީ ޝަކީބު އީވީއަށް ބުނީ މިނިންމުން ނިންމީ ޕީޕީއެމުން ކައުންސިލަށް ހޮވުނު ތިން މެމްބަރުންނާ، އިސް ބައެއް ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ތޮލާލް އަބްދުއްރަހްމާން ރައީސްކަމަށް ހުށައެޅުމަށް ނިންމި އިރު އޭނާއަކީ މިފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓް ލިބިގެން އިންތިހާބުވި ކެނޑިޑޭޓެވެ. ޕީޕީއެމުން ހޮވުނު އަނެއް ދެ ކެނޑިޑޭޓުން ކަމަށްވާ ހައްވާ ސަމީހާ ހޮވުނީ 4 ވަނައަށެވެ. ޝަމްލާ އަބްދުﷲ ފަސްވަނައަށެވެ.

އަލީ ޝަކީބް ބުނީ ރައީސާ ނާއިބް ރައީސްއަށް ނަން ހުށައަޅަން ފާސްކުރީ ކެނޑިޑޭޓުން ހޮވުނު ގޮތް ބަލައިގެން ނޫންކަމަށާ، ޝައުޤުވެރިކަން ހުރި ގޮތާއި، ބައްދަލުވުމުގެ ބައިވެރިންގެ ލަފާއާއި، އިރުޝާދާވެސް އެކުކަމަށެވެ.

އޭދަފުށީ ކައުންސިލްގެ މިދައުރުގެ ރައީސަކަށް ފުރަތަމަ ހުރީ މިހާރު އިސްތިއުފާދެއްވާފައިވާ ޕީޕީއެމްގެ މެމްބަރ އަލީ ވަހީދެވެ. ނާއިބް ރައީސަކީވެސް ޕީޕީއެމްގެ މެމްބަރ މުހައްމަދު ނައުރީފެވެ. އަލީ ވަހީދު އިސްތިއުފާއާއެކު ކައުންސިލްގެ މިހާރުގެ ރައީސަކީ ޕީޕީއެމްގެ މެމްބަރ ނާޒްނީން ޔޫސުފެވެ.

އޭދަފުށީ ކައުންސިލަށް އަލަށް އިންތިހާބުވި 5 ކެންޑިޑޭޓުންގެ ތެރެއިން 3 މީހުންނަކީ ޕީޕީއެމްގެ ޓިކެޓްގައި ހޮވުނު 3 މީހުންނެވެ. އަނެއް 2 މީހުންގެ ތެރެއިން 1 ކެނޑިޑޭޓްއަކީ އެމްޑީޕީއެވެ. އަދި 5 ވަނަ ކެނޑިޑޭޓަކީ އަމިއްލަ ގޮތުން ކުރިމަތިލީ މީހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top