ދޮންފަނު މިސްކިތް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

ބ.ދޮންފަނުގެ މަގެއް

ބ.ދޮންފަނުގެ މަގެއް

ބ. ދޮންފަނުގައި މިސްކިތެއް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެލްއެފް ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީގައި މިއަދު މަސައްކަތް ހަވާލުކުރުމަށް އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރ. ޑރ. ޒިޔާދު އަބްދުލް ބާގިރުއެވެ

304މީހުންގެ ޖާގައިއިގެ މި މިސްކިތަކީ ސަރުކާރުގެ ބަޖެޓުން 5.8މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިމިސްކިތާއެކު އިތުރު ތިންރަށުގައި ތިން މިސްކިތް އިމާރާތްކުރުމަށް ވެސް މިއަދުވަނީ މި ކުންފުންޏާ ހަވާލު ކޮށްފައެވެ.

ދޮންފަނު މިސްކިތާއެކު އިމާރާތް ކުރުމަށް ހަވާލުކުރި ހަތަރުމިސްކިތުގެ މަސައްކަތް 300ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top