އޭދަފުށީގެ މަގުތައްހަދަން މިމަހުފަށާނެ

ރަތްކުލައިގާ އެވަނީ ތާރުއަޅައިގެން ހަދާ މަގުތައް

ރަތްކުލައިގާ އެވަނީ ތާރުއަޅައިގެން ހަދާ މަގުތައް

މޯމްޑިވްސް ރޯޑްޑިވެލޮޕްމަންޓްކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ހަވާލުކުރައްވާފައިވާ އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފަށާނެކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް އަލީވަހީދު ވިދާޅުވެއްޖެއެވެ.
އެމްއާރްޑީސީގެ މަސައްކަތް ކުރިއަށްދަނީ ރަށު ކައުންސިލާ ވަރަށް ބޮޑަށް ގުޅިގެން ކައުންސިލްގެ މަޝްވާރާއާ އެކުގައި ކަމަށާއި މިހާރު އެ ޕްރޮޖެކްޓަށް ބޭނުންވާ އިދާރީ މުވައްޒަފުންވެސް މި ރަށުން ހޯދަން އިއުލާނުކުރުމާއި ގުޅިގެން މީހުންވެސް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވީމާ މިހާރު އެހުރީ މަސައްކަތަ ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެނިމިފައި ކަމަށާ މިމަހު ފަހުކޮޅު އެބޭފުޅުން މަސައްކަތަފަށާނެކަމަށް ވިދާޅުވިއެވެ.

އޭދަފުށިގެ 15 މަގު ހެދުމަށް އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 33 މިލިޔަން ރުފިޔާއަށް މަސައްކަތްފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތައްހަދާނީ ތާރު އަޅައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top