މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު 530ކުދިންނަށް

މަތީ ތައުލީމު ހޯދަމަށް ލޯނަށް އެދި ހުށަހަޅާފައިވާ ކުދިންތަކެއް. ފޮޓޯ: ސަންއޮންލައިން

މަތީ ތައުލީމު ހޯދަމަށް ލޯނަށް އެދި ހުށަހަޅާފައިވާ ކުދިންތަކެއް. ފޮޓޯ: ސަންއޮންލައިން

މަތީތައުލީމު ހާސިލުކުރުމަށް ބޭނުންވާކުދިންނަށް ލޯނަށްއެދުމުގެ ފުރުސަތު ޑިޕާޓްމަންޓްއޮފް ހަޔަރއެޑިއުކޭޝަންގެ ފަރާތުން ހުޅުވާލައިފިއެވެ.

އެޑިޕާޓްމަންޓްގެފަރާތުން މިދިޔަ ބުރާސްފަތިދުވަހު އާއްމުކޮށްފައިވާ އިއުލާނެއްގައިވާގޮތުން އެފުރުސަތު ހުޅުވާލާފައިވަނީ މިއަހަރު އަލަށް ކިޔަވަންބޭނުންވާ ކުދިންނަށެވެ. މީގެ ތެރެއިން 350 ފުރުސަތު އޮތީރާއްޖޭގައި ތިބެގެން ކިޔަވަން ބޭނުންވާ ކުދިންނަށެވެ.

ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތުއޮތީ 180 ކުދިންނަށެވެ. މިކުދިންނަށް އެފުރުސަތު އޮތީ ސާކް ގައުމުތަކުގެ އިތުރުން އެމެރިކާގައެވެ.

ހަޔަރއެޑިއުކޭޝަންގެ އިއުލާނުގައިވާގޮތުން ރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމްއެންކިޔުއެފް ލެވެލްފަހަކުން ފެށިގެން ނުވައަކާ ދެމެދު ގެ ކޯހެއްގައި ކިޔެވުމަށް އެދޭ ކުދިންނަށް ސްކީމްގައި ބައިވެރިވެވޭނެއެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ ސްކީމްގައި ބައިވެރިވެވޭނީ އެމްއެންކިޔުއެފް ލެވެލް ހަތަކުންފެށިގެން ނުވައަކާދެމެދު ކިޔެވުމަށް އެދޭ ކުދިންނަށެވެ.

ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންފޯމް ބަލައިގަތުން އޮންނާނީ އަންނަ އޮކްޓޯބަރމަހުގެ 4ވަނަ ދުވަހުން ފެށިގެން 8ވަނަ ދުވަހާހަމައަށް ހެނދުނު 9:00 އިން 3:00 އާ ދެމެދުއެވެ.

ކޮންމެ އެޕްލިކޭޝަންފޯމަކާއެކު އެޑިޕާޓްމަންޓްގެ ކައުންޓަރުން ނަންބަރެއް ލިބޭނެކަމަށާއި ނަންބަރު ދޫކުރާނީ ފޯމްދޫކުރާ މުއްދަތުގައި އެޕްލިކޭޝަންފޯމާ އެކުގައިކަމަށް ހަޔަރއެޑިއުކޭޝަނުން ބުނެއެވެ. އަދި މިމަހުގެ 30ވަނަ ދުވަހު ނަންބަރު ނަގަންޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top