ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ އަދަދު 80،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި، ދެން އޮތް އަމާޒަކީ 100،000 މެމްބަރުން ހަމަކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާ ހިސާބަށް އައިއިރު ޕީއެންސީގައި 80،803 މެމްބަރުން އެބަތިބި ކަމަށް ރައީސް ވިދާޅުވި އެވެ. މިއާއެކު ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.
ރައީސް ވިދާޅުވީ މީގެ ދެ އަހަރާއި ބައިގެ ކުރީން ޕީއެންސީގައި ތިބީ 3,000 މެންބަރުން ކަމަށާ މިހާ ކުރު މުއްދަތެއްގައި 80,000 މެންބަރުންގެ އަދަދު އިތުރުވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މެންބަރުންގެ އަދަދު 100,000 ގެންދިއުމަށް ހުރިހާ މެންބަރުން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑަައިގަތެވެ





