ހިތާނީ ކޭންޕް 2017 ބ. އަތޮޅުގައި ފަށައިފި

24116719_10155434443678402_637032804_o.jpg

ބ. އަތޮޅަށް ހުޅުވާލައިގެން އަތޮޅު ހޮސްޕިޓަލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހިތާނީ ކޭންޕް 2017 މިއަދު އޭދަފުށީގައި ފަށައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ހެނދުނު ފެށި މިކޭންޕްގައި މިފަހަރު އަތޮޅުތެރެއިން ޖުމްލަ 10 ކުއްޖަކު ހިތާނުކުރެވޭނެކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އެހޮސްޕިޓަލުން ބުނީ މިއަހަރުގެ ކޭންޕްގައި ހިތާނު ކުރާނީ އެހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ އޮޕަރޭޝަންތަކަށް ހާއްސަ ސާޖަން ކަމަށެވެ.

ބ. އަތޮޅު ހޮސްޕިޓަލް އިސްބޭފުޅެއްކަމުގައިވާ ސިދުގީ އަބްދުﷲ ވިދާޅުވީ މިކޭންޕްގެ ބޭނުމަކީ އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ހިދްމަތްތަކެއް ގާތުން ދިނުންކަމަށެވެ. އަދި އަހަރަކަށްވުރެ އަހަރެއް ކޭންޕް ކާމިޔާބު ވަމުންއަންނަކަން ސިދުގީ ފާހަގަކުރެއްވިއެވެ.

“މިހާރު ސީދާ މިހުރީ އޮޕަރޭޝަން ޑޮކްޓަރެއް. މިއީ މިފަހަރު ހާއްސަ އެއްކަމަކީ. ކުރިން ވާގޮތަކީ ކޭންޕާ ދިމާކޮށް ޑޮކްޓަރަކު މާލެއިން ގެންނަންޖެހެނީ. ވަރަށް ކާމިޔާބޭ ބުނެވޭނީ އަހަރަކަށްވުރެ އަހަރެއް ކުދިން ގިނަވަމުން ދަނީ” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ އޮޕަރޭޝަން ޑޮކްޓަރެއްގެ ހިދްމަތް އެހޮސްޕިޓަލަށް ލިބެން ފެށުމުން ހިތާނު ކުރުމުގެ އިތުރަށް އެތެރެ ހަށީގެ ގުނަވަންތަކުގެ އޮޕަރޭޝަންތައްވެސް މިހާރު އެހޮސްޕިޓަލުން ކުރެވެމުންދާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top