ފޮޓޯއިން ހަބަރު: މާޅޮހު ސްކޫލްގެ ސްކައުޓުން ބ. ހިތާދޫގައި 150 ދަނބުރުއް އިންދުން

24138962_10155432861778402_1771683419_o-1.jpg

ހިތާދޫ ރުއް އިންދުމުގެ ޕްރޮޤްރާމްގެ ދަށުން މާޅޮހު ސްކޫލްގެ ސްކައުޓް ބޭފުޅެއްކަމުގައިވާ އަބްދުލްޤާދިިރު ރުއް އިންދަވާ ދެއްވަނީ / ފޮޓޯ: އަބްދުލްޤާދިރު

ބ. ހިތާދޫ (24 ނޮވެމްބަރ 2017):- ބ. މާޅޮހު ސްކޫލްގެ ސްކައުޓުން ބ. ހިތާދޫގައި ދޮންދަނބުރުއް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

މާޅޮހު ސްކޫލުން ބުނީ މިއީ 2016 ވަނަ އަހަރުން ފެށިގެން މާޅޮހު ސްކޫލުން ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ޖުމްލަ 1000 ދަނބުރުއް އިންދުމަށް ކުރިޔަށްގެންދާ ޕްރޮޤްރާމްގެ ހަތަރުވަނަ ބޮޅު ކަމަށެވެ. މާޅޮހު ސްކޫލްގެ ސްކައުޓް ލީޑަރ އަބްދުލްޤާދިރު ޔޫސުފް ވިދާޅުވީ ހިތާދޫގައި ހޮނިހިރު ދުވަހު ކުރިޔަށްގެންދިޔަ ހަރަކާތުގެ ދަށުން 150 ރުއް އެރަށުގެ ސްކޫލާ، އާންމު ސަރަހައްދުތަކުގައި އިންދިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހިތާދޫގައި ކުރިޔަށްދިޔަ ހަރަކާތަކީ ހިތާދޫ ސްކޫލާ އެމް ސެވަންގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު ކުރިޔަށްދިޔަ ހަރަކާތެއްކަމަށެވެ.

ގާދިރު ވިދާޅުވީ މިޕްރޮޤްރާމްގެ ދަށުން ހިތާދޫއާއެކު ބ. ތުޅާދޫ، ބ. ދަރަވަންދޫ، އަދި ޑުސިޓްތާނީ މޯލްޑިވްސްގައި މިހާތަނަށް ޖުމްލަ 450 ދަނބުރުއް އިންދިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ 2018ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޤްރާމްގެ މަގްސަދަކީ މާޅޮހު ސްކޫލް ސްކައުޓްކުދިންގެ ފަރާތުން އަތޮޅުގެ ވެއްޓަށް ދުރުމުސްތަގްބަލްގައި ފައިދާ ލިބިދޭނޭ ހަރަކާތެއް ހިންގުން ކަމަށެވެ. އަދި މިއީ އެކުދިން މުޖްތަމައުއަށް ހޭލުންތެރި ތިމާވެއްޓާ ރަހްމަތްތެރި ބަޔަކަށް ހެދުމަށް އެޅޭ ފިޔަވަޅެއްކަމަށްވެސް ގާދިރު ވިދާޅުވިއެވެ.

ފޮޓޯތައް: އަބްދުލްޤާދިރު ޔޫސުފް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top