ގިނަ ޑިސްކައުންޓް ތަކަކާއެކު އެސްޓީއޯ އަހަރީ ސޭލް މާދަމާ!

img_md_202112190409081639912148.7293.jpg

އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން އެސްޓީއޯ އަހަރީ ސޭލް ބޭއްވުމަށް ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ މި ސޭލް އަކީ ގިނަ ޑިސްކައުންޓް ތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ހަމަ އެންމެ ދުވަހެއްގެ ސޭލް އެއް ކަމަށާއި ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ ވަނީ ހަމައެކަނި މާދަމާ ކަމަށެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ވެސް މި ސޭލް ކުރިއަށް ގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ އޭސީ ނޫން އެހެން ހުރިހާ މުދަލަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓާ ލިބޭނެ ކަމަށާއި ސުޕަމާޓު ފިހާރައިން 5 ޕަސެންޓާ ހަމައަށް ޑިސްކައުންޓްލިބޭނެއެވެ. މީގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓްގެ މުދަލުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ސޭލްގައި ގްރޭންޑް ލަކީޑްރޯ ކުރިއަށް ގެންދަން ނިންމާފައި ވާއިރު ނަސީބު ވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއްގެ ގޮތުގައި ބައްތިރީސް އިންޗި ޓީވީއެއް ދިނުމަށް ހަމަޖެހިފައި ވާއިރު އެސްޓީއޯ ސުޕަމާޓުން ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލު މުޅިން ހިލޭ ވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top