ރޯދަ ހަދިޔާއަކަށް މާޅޮހު ކައުންސިލުން 500 ކިލޯ ފިޔާ ބަހަން ނިންމައިފި

13254503_10153511717241456_6791533927202070015_n.jpg

މާޅޮހު ކައުންސިލް 2 މެމްބަރަކު މިިދިޔަ ރަމަޟާންމަހާ ދިމާކޮށް ރޯދަހަދިޔާގެ ގޮތުގައި ފިޔާ ބެހުމުގެ މަސައްކަތް ކުރަނީ. މިއަހަރުވެސް ރޯދަ ހަދިޔާއަކަށް އެކައުންސިލުން ރައްޔިތުންނަށް ފިޔާ ބެހުމަށް ވަނީ ނިންމާފައި / ފޮޓޯ: މާޅޮހު ކައުންސިލް

މިއަހަރުގެ ރަމަޟާންމަހު މާޅޮހު ކައުންސިލްގެ ފަރާތުން އެރަށު ރައްޔިތުންނަށް 500 ކިލޯ ފިޔާ ބެހުމަށް ނިންމައިފިއެވެ.

މާޅޮހު ކައުންސިލުން ބުނީ 500 ކިލޯ ފިޔާބަހަން ނިންމީ 100 ގޭގެ މަގުން ކޮންމެ ގެއަކަށް 5 ކިލޯ ފިޔާ ލިބޭގޮތަށް ކަމަށެވެ. އެކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އެކައުންސިލްގެ މެމްބަރުންގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ދެމުންގެންދާ ހައިރާތެއް ކަމަށާ، މިއަހަރުގެ ރޯދަ ހަދިޔާ ދެދުވަހެއްގެ ތެރޭގައި ރަށުގެ ހުރިހާ ގެއަކަށް ބަހާ ނިމޭނެކަމަށެވެ.

“މިދިޔަ 3 އަހަރުވެސް އަޅުގަނޑުމެން މިދިޔައީ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެވެސް ހައިރާތެއް ރަށުގެ ގޭގެއަށް ދެމުން. އެގޮތުން މިއަހަރުވެސް މިދެނީ ފިޔާ. އެއީ ކޮންމެ ގެއަކަށް 5 ކިލޯ. މާދަމާ ހަވީރު ފިޔާ ބަހަން ފެށޭނެކަމަށް މިބަލަނީ” ޝުޖާއު ވިދާޅުވިއެވެ.

2015 ވަނަ އަހަރު މާޅޮހު ކައުންސިލްއިން އެރަށުގެ ގޭގެއަށް ރޯދަހަދިޔާގެ ގޮތުގައި ބިސް ޓްރޭ ހަދިޔާ ކުރަނީ / ފޮޓޯ: މާޅޮހު ކައުންސިލް

އޭނާ ވިދާޅުވީ ރޯދަ ހަދިޔާ ކޮންމެ އަހަރަކުވެސް ރޯދަމަހުގެ ކުރިން ދެމުން އައި ނަމަވެސް މިއަހަރު ހަދިޔާ ދިނުން ލަސްވީ ބާޒާރުން ފިޔާ ގަންނަން ނުލިބިގެން ކަމަށާ، ފިޔާ ލިބޭވަރުވީ އިއްޔެ ކަމަށެވެ.

600 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ މާޅޮހު ރައްޔިތުންނަށް އެރަށު ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި 2014 ވަނަ އަހަރު އޮރެންޖު ބަހާފައިވެއެވެ. އަދި 2015 ވަނަ އަހަރު ބިސްޓްރޭއެއް ކޮންމެ ގެއަކަށް ބެހިއިރު، މިދިޔަ އަހަރު ކޮންމެ ގެއަކަށް ދީފައިވަނީ 5 ކިލޯ ފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top