ބ. ދަރަވަންދޫގައި 300މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.
ސަރުކާރުގެ ޚަރަދުގައި ބިނާކުރަން ނިންމާފައިވާ މި މިސްކިތުގެ މަސައްކަތް ހަވާލުކުރީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެވެ.