ސަރުކާރު ފެއިލްވެ، ކޮވިޑް މެނޭޖް ކުރުމުގައި ސަރުކާރުންވަނީ އިހުމާލުވެފައި: ސަލީމް

img_md_202102241042231614145343.9032.jpeg

މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު މަޖިލީހުގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަނީ / ފޮޓޯ: މަޖިލިސް

ކޮވިޑް މެނޭޖް ކުރުމުގައި ސަރުކާރުން ވަނީ އިހުމާލު ވެފައިކަމަށާއި ހުރިހާ ކަމެއް އެޗްޕީއޭއާ ހަވާލުކުރުމުގެ ސަބަބުން ރައްޔިތުންގެ ކަންކަން ބޮއްސުންލާފައިވާކަމަށް އޭދަފުށ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އަދި އެޗްޕީއޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލާ، އެ މުވައްސަސާ ސިޔާސީކޮށް، އެ މުވައްސަސާގެ ނަން ބޭނުންކޮށްގެން ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް މިގޮތަށް ވާހަކަ ދައްކާފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން އިދިކޮޅުން މަޖިލީހުގައި އިއްވި ބަޔާނުގައެވެ.

ބަޔާން ފަައްޓަވަމުން ސަލީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާފައެވެ. ސަލީމް ވިދާޅުވީ، އިދިކޮޅު ސިޔާސީޕާޓީގެ ލީޑަރަކީ ސަރުކާރު ޒިންމާދާރު ކުރުމުގައި ރައްޔިތުންނާ އެކު މަސައްކަތްކުރަން ހުންނަން ޖެހޭ ފަރާތް ކަމަށާއި، އެހެންނަމަވެސް މިސަރުކާރުން ރައީސް ޔާމީން ޖަލަށް ލާފައިވާކަމަށެވެ. ރާއްޖޭގައި މިހާރު ވެރިކަން ކުރަމުން އަންނަނީ އިދިކޮޅު ސިޔާސީ ލީޑަރު ނުހައްގުން ޖަލުގައި ބަންދުކޮށްގެންކަން ފާހަގަކޮށްއޭނާ ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރު ޖަލަށްލައިގެން ވެރިކަން ކުރުމަކީ ޚުދުމުހުތާރު ކަމާއި އަނިޔާވެރިކަމުގެ ސިފައެއް ކަމަށެވެ.

ސަލީމް ވިދާޅުވީ އަތޮޅު ތެރޭގައި ކޮވިޑް ފެތުރުނީ ސަރުކާރުން އަތޮޅުތެރެއަށް ދަތުރުކުރުމުގެ ސަބަބުންކަމަށެވެ. އަދި ކޮވިޑް މެޖޭން ކުރުމުގައި ސަރުކާރު އިހުމާލުވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮވިޑް ތެރޭގައި ހިންގި ކޮރަޕްޝަނަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށާއި، އެކަންކަން ތަހުގީގެއް ނުކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ސަރުކާރުން ކޮރަޕްޝަނަށް ދީފައިވާ ޒީރޯ ޓޯލަރެންސް ސިޔަސަތު ފެއިލް ވެފައިވާކަން ހާމަވާކަމަށެވެ.

ކޮވިޑްގެ ތެރޭގައި ގިނަ ޒުވާނުންގެ ވަޒީފާ ގެއްލުނުކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ވަޒީފާ ގެއްލުނު ފަރާތްތަކަށް ވަޒީފާ އަނބުރާ ލިބޭނެކަން ކަށަވަރު ކުރުމަށް އެއްވެސް ކަމެއް ސަރުކާރުން ކޮށްފައެއް ނުވާކަމަށެވެ. އަދި އިގްތިސާދު ސިންދަފާތު ކުރާނެ ގޮތެއް ވެސް ބަޔާންކޮށްފައެއް ނުވާ ކަމަށާއި، ސަރުކާރުން ވަނީ ރިކޯޑް އަދަދަކަށް ލޯނު ނަގާފައި ކަމަށެވެ.

ސަލީމް ވިދާޅުވީ ނިމުނު އަހަރު ގައުމު ހިންގީ ސަރުކާރުން ނޫން ކަމަށާއި، ގައުމު ހިންގާފައިވަނީ އެޗްޕިއޭއިން ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top