ފުލުހުންގެ ތަހުގީގަކަށް މައުރޫފް ހޯދަނީ

HMP-Mauroof-Ali.jpg

މައުރޫފް އަލީ

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭދަފުށި ނާދީ މައުރޫފް އަލީ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހުޅުމާލެ ޕޮލިސްއަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ހާޒިރުވުމަށް ބ. އޭދަފުށި/ ނާދީ، (37އ) މަޢުރޫފް ޢަލީ، އަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މައުރޫފް ހާޒިރުވުމަށް އަންގާފައިވަނީ ހުޅުމާލޭ ޕޮލިހަށް އަންނަ މަހުގެ 03 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ. އަދި ހާޒިރު ކުރަނީ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް، ތަހުގީގަށް ސުވާލުކުރުމަށް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top