މާލެ މިއޮތީ ލޮކްޑައުން އަކަށް ދާ ހިސާބުގައި: ނަސީމް

Enk4bSVWEAATYzs.jpg

ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް

މާލެ މިހާރު މިއޮތީ ލޮކް ޑައުން އަކަށް ދާ ހިސާބުގައި ކަމަށާ އެހާ ނުރައްކާތެރި ހިސާބެއްގައި ކަމަށް ހެލްތު މިނިސްތަރު،އަހުމަދު ނަސީމް ވިދާލުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމާ ގުޅޭ ގޮތުން ޓުއާ އޮޕަރޭޓަނުންނާއެކު މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގަ އެވެ.

މިނިސްޓްރު މިވާހަކަ ތަކުރާރު ކުރައްވައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިޔުމާއެކު، މާލެ އޮތީ ފުލް ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތުގައި ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށްވާއިރު، ލޮކްޑައުންއަކަށް ދިޔުމުގެ ގާބިލުކަމެއް ނެތް ކަމަށެވެ.

“މިހާރު މިއޮތީ މާލޭގައި ހަމަ ޓޯޓަލީ އައުޓް އޮފް ކޮންޓްރޯލް. މިހާރު ދިވެހިރާއްޖޭގެ މާލޭގެ ހާލަތު، މުޅި ރާއްޖެއެއް ނޫން އަދި ރިސޯޓުތަކުގެ ހާލަތެއް ވެސް ނޫން. އެކަމަކު މާލެ މިއޮތީ ރީއްޗަށް ލޮކްޑައުންއަކަށް ދާ ފެންވަރުގައި. އެހާ ނުރައްކާތެރިކޮށް މާލެ މިއޮތީ،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފުލް ލޮކްޑައުން އަކަށްދާ ހާލަތުގައި ގައުމު އޮތް ނަމަވެސް، އެ ފިޔަވަޅު އެޅެން ނެތް ކަމަށެވެ. އަދި ލޮކްޑައުން އަކަށް ނުގޮސް އެހެން ގޮތްގޮތުން ބަލި ކޮންޓްރޯލް ކުރެވޭތޯ ބަލަމުން އަންނައިރު އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އެ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

“މާލޭގައި މިހާރު ކޮވިޑު މިއުޅޭ ގޮތް އެއްގޮތަކަށް ވެސް ނޭނގެ ސްޕްރެޑަކީ ކިހާވަރެއް ކަމެއް ވެސް. ހަމަ އެއްގޮތަކަށް ވެސް ނޭނގެ،” މާލޭގެ ކޮވިޑުގެ ހާލަތު ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. އަދި މިމަހުގެ ތެރޭގައި ކޮވިޑު ބަލީގައި ރާއްޖެއިން ވަނީ ނުވަ މީހަކު މަރުވެފަ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށަކަށް ނުދެއެވެ. އަދި މިމަހުގެ ތެރޭގައި ކޮވިޑު ބަލީގައި ރާއްޖެއިން ވަނީ ނުވަ މީހަކު މަރުވެފަ އެވެ.

 

މާލެ މިއޮތީ ލޮކްޑައުން އަކަށް ދާ ހިސާބުގައި : ނަސީމް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top