އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ފެނަކަ ގުޅިގެން އޭދަފުށީ އަންހެނުންނަށް ޚާއްސަކޮށްގެން ކަރަންޓަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް އޭދަފުށީގައި ފަށައިފި އެވެ.
މިއަދު ހަވީރު އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގގެ ޖަލްސާ ކުރާ މާލަމުގައި ފެށި މި ތަމްރީނު ޕްރޮގްރާމްގައި 38 އަންހެނުން ބައިވެރިވާކަމަށް އަންހެނުން ކޮމެޓީން މައުލުމާތު ދެއްވި އެވެ.
އަންހެނުން ކޮމެޓީގެ ރައީސް، ޒީމާ އިބްރާހީމް ވިދާޅުވީ މިތަމްރީނު ޕްރޮގްރާމަކީ އޭދަފުށީގެ ކަނބަލުން ،ގޭގައި އުޅުއްވާއިރު ބޭނުން ކުރައްވާ ކަރަންޓު ސާމާނަށް އަހުލުވެރިކޮށް އެތަކެތި ބޭނުންކުރާނެ ރައްކާތެރި ރަނގަޅު ގޮތް ދަސްކޮށް ދިނުމަށް އަމަލީ ގޮތުން ދެވޭ ޓްރޭންނިގ އެއް ކަމުގައެވެ.
”މި ޕްރޮގްރާމް ފުރިހަމަކޮށް ނިމޭއިރު ކަރަންޓު ޓޮޕް ގުޅައި، ކަރަންޓު ކެނޑޭ ހާލަތްތަކުގައި ދެން ކަންތައް ކުރާނެ ގޮތާއި މި ނޫނަސް މި ފަދަ އަސާސީ ކަންކަން ދަސްވާނެ. މީގެ އިތުރުން ކަރަންޓަށް ދިމާވާ މައްސަލަތަކާއި އެކަން ހައްލު ކުރުމަށް ހީވެސް ނުކުރާ ކަހަލަ ބޮޑު ހޭލުންތެރި ކަމެއް ވެސް ލިބިގެން ދާނެ “ފެނަކަ އޭދަފުށީ ބްރާންޗުން މައުލޫމާތު ދެއްވި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ގޭތެރޭގައި ބޭނުންކުރާ މަތީ ކަރަންޓު ނަގާ ސާމާނު ބޭނުން ކުރުމުގައި ކަރަންޓު ޚަރަދު ކުޑަކުރެވިދާނެ ގޮތްގޮތުގެ މައުލޫމާތުވެސް ބައިވެރިންނާ ހިއްސާ ކުރެވޭނެކަމަށް ފެނަކަ،އިން ބުންޏެވެ.
ފެނަކައިގެ ފަރާތުން ބ. އަތޮޅުގެ ބައެއް ރަށްރަށުގައި މި ޕްރޮގްރާމް ހިންގާފައިވާ ކަމަށްވެސް ފެނަކައިން މައުލޫމާތު ދެއްވި އެވެ.